Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 12:42
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް
ރައީސް އޮފީސް
މައުމޫނު ފައުންޑޭޝަނުގެ ސްކޮލަރޝިޕް ފުރުސަތުތައް
މައުމޫނު ފައުންޑޭޝަނުން 10 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
5 ދާއިރާއަކުން ޕާރޓް ފަންޑަޑް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވޭ
ޖޫން މަހުގެ 25 ގެ ކުރިން ހުށައެޅުމަށް އެ ފައުންޑޭޝަނުން އެދިފައިވޭ

މައުމޫނު ފައުންޑޭޝަނުން 10 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފައުންޑޭޝަނުން މައިގަނޑު ފަސް ދާއިރާއަކުން ޕާރޓް ފަންޑަޑް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފައުންޑޭޝަނުން ބުނީ، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުުރުސަތު ހުޅުވާލުމުގެ ގޮތުން މި އަހަރު ވެސް ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށާއި، މި އަހަރު އިންޑިއާގެ ބެންގަލޫރގައި ހުންނަ ގާރޑަން ސިޓީ ކޮލެޖުން ފަސް ދާއިރާއަކުން ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement

ސްކޮލަރޝިޕަށް ހުޅުވާލި ދާއިރާތައް:

  1. ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބެޗެލަރ އިން ބަޔޯ ޓެކްނޮލޮޖީ، ބަޔޯ ކެމިސްޓްރީ، ޖެނެޓިކްސް
  3. ބެޗެލަރ އޮފް ފިޒިއޯތެރަޕީ
  4. ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް
  5. މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް

މިކޯސްތަކުގެ އެޕްލިކޭޝަން ފޯމު މައުމޫނު ފައުންޑޭޝަންގެ އޮފީހުން ލިބޭނެ ކަމަށާއި، މިހިނގާ ޖޫން މަހުގެ 25 ގެ ކުރިން ހުށައެޅުމަށް އެ ފައުންޑޭޝަނުން އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް