Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 00:18
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ފަނޑިޔާރު އަބްދުﷲ ދީދީ
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވެއްޖެ
ފަނޑިޔާރު ދީދީ ހާޒިރުކޮށްފައިވަނީ މިރޭ 11:30 އަށް

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވެއްޖެ އެވެ.

ޖޭއެސްސީއަށް ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުވެވަޑައިގެންފައިވަނީ މިރޭ 11:30 އަށެވެ. ފަނޑިޔާރު ހާޒިރުވެވަޑައިގެންނެވީ 3 ވަކީލަކާއެކުގަ އެވެ.

Advertisement

ފަނޑިޔާރު ހާޒިރުކުރެވިފައިވަނީ، އޭނާއާއި ގުޅޭ މައްސަލަތަކެއް ތަހުޤީޤްކުރަމުންގެންދާތީވެ ބަޔާން ނެގުމަށެވެ. ބަޔާން ނަގަނީ މައްސަލަ ބެލުމަށް އެކުލަވާލި 7 މެމްބަރުންގެ ކޮމެޓީންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީގެ ބައްދަލުވުމަށް އަބްދުﷲ ދީދީ ވަދެވަޑައިގަންނަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ޖޭއެސްސީން މިމަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމީ އޭނާއި ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ބަލަމުން އަންނާތީވެ އެވެ. އެއީ އެއް މިލިއަން ޑޮލަރުގެ މައްސަލައެއްކަން ވަނީ އެނގިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް