Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 03:02
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019
މި ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީ ނުވާ ގޮތަށް މުޖުތަމަޢު ބައްޓަންކުރުން: ނައިބް ރައީސް
ސަރުކާރު ހިންގުމުގައި އިޖްތިމާޢީ ގޮތުން ދިމާވާ ތަފާތު އެކި ގޮންޖެހުންތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައި

މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ފަހިވެފައިވާ އެންމެހައި ރައްޔިޔުން ހިމެނޭ، އެއްވެސް ރައްޔިތަކު ބާކީ ނުވާ ގޮތަށް މުޖުތަމަޢު ބައްޓަންކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019" ގެ ސެޝަންތަކުގެ ތެރެއިން ހޯމަ ދުވަހު މެންދުރުފަހު ބޭއްވި ސެޝަންގައި މުޖުތަމަޢުން ފެންނަން ބޭނުންވާ ނަތީޖާތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ތަރައްޤީއަކީ ހަމައެކަނި އިޤްތިޞާދީ މިންގަނޑަކުން ބެލޭނެ އެއްޗެއް ނޫންކަމަށާއި، ތަރައްޤީ މިނެ ކިރުމުގައި އިންސާނީ ކުރިއެރުން ތަކަށް ބެލުމުގެ މުހިންމުކަމަށެވެ. އަދި އެކަމުން ދޭހަވަނީ ރާއްޖޭގެ ތަރައްޤީގައި އެހީތެރިވެދޭނެ ބައިވެރިން ތިބިކަމާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދޭނެ ބަޔަކު ތިބިކަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް ވަނީ ސަރުކާރު ހިންގުމުގައި އިޖްތިމާޢީ ގޮތުން ދިމާވާ ތަފާތު އެކި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޖިންސީ ތަފާތުކުރުން ނައްތާލުމާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ރަނގަޅު ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

Advertisement

ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްގެ ސަރުކާރަކީ ޤައުމު ތަރައްޤީކުރުމުގައި ރައްޔިތުންގެ ލާބާއާއި މަންފާ ކުރިޔަށް ނެރޭ ސަރުކާރެއްކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ހާޞިލްކުރުމަށް އަމާޒު ހިފާފައިވާ ޖަޒީރާ ރާއްޖެއަކީ ރައްޔިތުންނަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެގޮތަށް ތަރައްޤީކުރެވޭނެ ރާއްޖެއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމަށް ގިނަ ފަރާތްތަކަކުން ތަރުހީބު ދެއްވިކަމަށްޓަކައި ފޯރަމްގެ ބައިވެރިންނަށް ނައިބް ރައީސް ޝުކުރުއަދާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް