Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 18:51
ގާނޫނީ ވަކިލުންތަކެއް ހުވާ ކުރަނީ
ގާނޫނީ ވަކިލުންތަކެއް ހުވާ ކުރަނީ
ޓްވިޓަރ
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (
ވަކީލަކަށްވުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
އިތުރުކޮށްފައި ވަނީ ބުދަ ދުވަހާ ހަމަޔަށް
ފޯމް ލިބެން ހުންނާނީ ޑީޖޭއޭގެ ވެބްސައިޓުން

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އަށް އެދި ހުށައަޅާ އެޕްލިކޭޝަންގެ ހުށައެޅުމުގެ މުއްދަތު ބުދަ ދުވަހާ ހަމަޔަށް އިތުރު ކޮށްފިއެވެ.

ހޯމަ ދުވަހު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑިޖޭއޭ) އާއްމުކުރި އިއުލާނެއްގައި ބުނީ، ފޯމް ހުށައެޅުމަށް މުއްދަތު ދެ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ފޯމު ހުށައެޅުމުގެ މުއްދަތު ބުދަ ދުވަހުގެ ދޭއެއް ޖަހަންދެން ވަނީ އިތުރުކޮށްފައެވެ. ގާނޫނީ ވަކީލު ހުއްދައަށް އެދޭ ފޯމް ޖުޑިޝަރީގެ ވެބްސައިޓް ލިބެންހުންނާނެ ކަމަށްވެސް ޑިޖޭއޭގެ އިއުލާނުގައިވެއެވެ.

Advertisement

އެންމެފަހުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ އޭޕްރީލް މަހުއެވެ. ގާނޫނީ ވަކީލު ކަމުގެ ހުވާލައިދެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފް އެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިރައްޔިތެއް ކަމުގައިވުމާއި، ދިވެހިރައްޔިތަކާ ކައިވެނިކޮށްގެން ހުންނަ މީހަކަށްވުން ނުވަތަ ދިވެހިރާއްޖޭގައި އުޅޭ މީހެއް ކަމުގައިވާން ޖެހެއެވެ. އަދި އެލް.އެލް.ބީ ޑިގްރީއެއް ނުވަތަ ބެޗްލަރޒް ޑިގްރީއެއް ދިވެހި ނުވަތަ ޝަރީއަތާއި ގާނޫނުގެ ރޮނގުން ކޮމްބައިންޑް ބެޗަލަރޒް ޑިގްރީއެއް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ހާސިލްކޮށްފައިވާ މީހެއް ކަމުގައި ވާން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް