Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 02:09
ފޮރިން މިނިސްޓަރު ޑރ އާސިމް
ފޮރިން މިނިސްޓަރު ޑރ އާސިމް
ގޫގުލް
ފޮރިން މިނިސްޓަރު
މިނިސްޓަރ އާސިމް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު 34 ވަނަ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 މާރޗް ގެ ނިޔަލަށް

އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 34 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް މާލެ ވަޑައިގެންފިއެވެ.

ޖެނީވާގައި ކުރިއަށް ގެންދެވުނު މިކައުންސިލްގެ ހައި ލެވެލް ސެގްމަންޓުގައި މިނިސްޓަރ އާސިމް ވަނީ މުޙާތަބު ކުރައްވާފައެވެ. ހައި ލެވެލް ސެޝަނުގެ ސައިޑް ލައިނުގައި މިނިސްޓަރ އާސިމް ވަނީ ޑެންމާކުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މރ.އެންޑަރޒް ސެމިއުލްސަން އާއި، ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ދަ ފޮރިން އެންޑް ކޮމަންވެލްތް އޮފީސް އެންޑް މިނިސްޓަރ ފޯރ އޭޝިޔާ އެންޑް ދަ ޕެސިފިކް އޮފް ޔޫކޭ މރ.އާލޮކް ޝަރްމާ އާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮފް އޮސްޓްރޭލިޔާ މސ.ޖޫލީ ބިޝޮޕް އަދި އ.ދ.ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް މރ. ޒައިދް ރާއަދް އަލް ހުސެއިން އާއި ބައްދަލުކުރައްވާފައެވެ.

ދިވެހިރާއްޖެ އާއި އޮސްޓްރޭލިޔާ އިން ގުޅިގެން ބޭއްވުނު ސައިޑް އިވެންޓް "ފްރެންޑް އޮފް ސިޑްސް" ގައި ވެސް މިނިސްޓަރ ވަނީ މުޙާތަބު ކުރައްވާފައިއެވެ.

އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު 34 ވަނަ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 މާރޗް 2017 ގެ ނިޔަލަށެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިޔާގެ ޙައިޞިއްޔަތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. އާސިމް ވިދާޅުވީ، އިސްލާމްދީނަށް ނަފްރަތުކުރުމުގެ ފިކުރުތަކާއި، އަދާވާތެރިވުމުގެ ފިކުރުތައް ބައެއް ޤައުމުތަކުގައި ފެތުރިފައިވާކަމަށާއި، އެކަންކަން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އެފަދަ ނޭދެވޭ ފިކުރުތައް ފެތުރިފައިވާ ޤައުމުތަކުގައި، އެއްބައިވަންތަކަމުގެ ފިކުރު އާލާކޮށް، ހުރިހާ ދީންތަކަށްވެސް އިޙްތިރާމް ކުރުމުގެ ރޫޙް އާލާކުރުމަށް އެޤައުމުތަކުގެ ވެރިންނަށް ފޮރިން މިނިސްޓަރ ގެ ތަޤްރީރުގައި ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް