Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 15:58
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ
ފޮރިން މިނިސްޓްރީ
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019
ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާ: މިނިސްޓަރ ޝާހިދު
ޖަޒީރާ ރާއްޖެ ކޮންސެޕްޓް ބޭރުގެ ފަރާތްތަކުން ވަނީ ބަލައިގެންފައި
ވައުދުތައް ފުއްދަން ބޭރުން އެއްބާރުލުން ބޭނުންވޭ
މިއީ ދިވެހި ރައްޔިތުން ކުރާ އުއްމީދުތަކާ ގުޅިފައިވާ ކަމެއް

ދެމެހެއްޓެނިވި ތަރައްގީއެއް ގެނައުމަށް ރާއްޖެއިން ފަށާފައިވާ މަސައްކަތަށް ރާއްޖޭގެ ތަރައްގީގެ ބައިވެރިން އެއްބާރުލުން ދެއްވުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ހޯމަ ދުވަހު ފެށިގެން ކުރިޔަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް އިންވެސްޓް ކޮށް، ރާއްޖޭގެ މުސްތަގުބަލު ފަރުމާކުރަން ހުރިހާ ބައިވެރިންނަށް ދައުވަތު ދެއްވާ ކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކަމަށެވެ. އަދި މި ވައުދުތަކަކީ އިންސާނީ ހައްގުތައް ނެގެހެއްޓުމާއި، ސަރުކާރު ހިންގުމުގެ ރަނގަޅު ނިޒާމަކާއި ގާނޫނީ ހަމަތައް ހިފެހެއްޓުމުގެ މައްޗަށް ބިނާވެފައިވާ ވައުދުތަކެއް ކަން ޝާހިދު ފާހަގަކުރެއްވިއެވެ.

Advertisement

މި ފަހަރުގެ ޕާޓްނާޝިޕް ފޯރަމްގެ ތީމަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއަކަށް އިންވެސްޓްކުރުން" އެވެ. ޝާހިދު ވިދާޅުވީ މި ޝިއާރަކީ ޖަޒީރާ ރާއްޖެއެއް ބިނާކުރުމަށް ވޯޓުދިން ހުރިހާ ރައްޔިތުންގެ އަދަށް ވުރެ ފަހި މާދަމާއަކަށް ކުރީ އުއްމީދުތަކާ ގުޅިފައިވާ ޝިއާރެއް ކަމަށެވެ.

ފޯރަމަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވީ، މިކަމުން ވެސް އަންގައިދެނީ ބައިނަލްއަގްވާމީ މުޖުމަތައިން ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމާއި، ޖަޒީރާ ރާއްޖެއަކަށް ވާސިލްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ގައުމުތަކުން ބަލައިގަނެފައިވާ ކަމެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ފަރާތްތަކުން ބައިވެރިވާ ޕާޓްނާޝިޕް ފޯރަމްކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އެގޮތުން މި ފަހަރުގެ ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި 35 ގައުމެއްގެ މަންދޫބުންނާއި 27 ޖަމިއްޔާ ހިމެނެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ ފޯރަމްގައި ކުރިޔަށް ގެންދާ ސެޝަންތަކުގައި އިންވެސްޓަރުންނަށް މަޝްރޫއުތަކާއި ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތާއި ހިޔާލު ހުށައެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް