ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 20:53
މައުރީޒިއޯ ސާރީ
މައުރީޒިއޯ ސާރީ
ގެޓީ އިމޭޖަސް
މައުރީޒިއޯ ސާރީ
ޗެލްސީ ދޫކޮށް ސާރީ ޔުވެންޓަސްއަށް ބަދަލުވެއްޖެ
ސާރީ ޔުވެންޓަސްއަށް ބަދަލުވީ ޗެލްސީގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ

ޗެލްސީ ދޫކޮށް މައުރީޒިއޯ ސާރީ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

ސާރީ ޔުވެންޓަސްއަށް ބަދަލުވިކަން އެ ކްލަބުންވެސް ކަށަވަރުކޮށްދީފައިވާއިރު، ޔުވެންޓަސްއިން ބުނީ ސާރީ އެ ކްލަބުގައި 2022 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެ ކަމަށެވެ.

ސާރީ ޔުވެންޓަސްއަށް ބަދަލުވީ އޭނާ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައެވެ. އަދި އޭނާ ޔުވެންޓަސްއަށް ބަދަލުވީ ޗެލްސީގައި މަޑުކުރާނެކަމުގެ ޔަގީންކަން ދިނުމަށްފައެވެ.

ޔުވެންޓަސްގެ އިތުރުން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ ސާރީ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޖަރުމަންގެ ކްލަބްތައްވެސް ހިމެނެއެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު 38 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެފައިވާއިރު، 8 މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި އެޓީމު ވަނީ ނުވަ މެޗުން އެއްވަރުވެފައެވެ. އެޓީމން ލީގު ނިންމާލީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޗެލްސީގެ ކޯޗުކަމާ ސާރީ ހަވާލުވުމަށްފަހު، މިހާތަނަށް އިރުޝާދުދިން 62 މެޗުގެ ތެރެއިން 38 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ބާކީ 11 މެޗުން އެޓީމު ބަލިވިއިރު، 13 މެޗުން ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް