ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 19:13
ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަސް ފާހަނގަކުރުމުގެ ތެރެއިން
ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަސް ފާހަނގަކުރުމުގެ ތެރެއިން
ފޭސްބުކް
ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަސް
ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަހުގައި ރާއްޖެއިން ބައިވެރިވެއްޖެ
މި ހަރަކާތުގައި ރާއްޖެއިން 30 އަށްވުރެ ގިނަ ރާޅާއެޅުންތެރިން ބައިވެރިވި

ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަހުގައި ބޭއްވި ޕެޑްލް އައުޓްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ ތިންވަނަ ހޮނިހިރުގައި ފާހަގަކުރާ ދުނިޔޭގެ ރާޅާއެޅުމުގެ ދުވަހުގައި ތަފާތު ހަރަކާތްތައް އޮވެއެވެ.

އެގޮތުން މިފަހަރު ވޯލްޑް ސާފް ލީގުން އިންތިޒާމުކުރި ބައިނަލްއަގުވާމީ "ޕެޑްލް" އައުޓް" ގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ބާއްވާފައިވަނީ ވޯލްޑް ސާފް ލީގުގައި ރަޖިސްޓްރީކޮށްގެންނެވެ.

ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަސް ފާހަނގަކުރުމުގެ ތެރެއިން

މޫދަށް ކުނި އެޅުމާ ދެކޮޅަށް އެތައް ހާސް ރާޅާއެޅުންތެރިން ބައިވެރިވި މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން އިސް ނެގީ ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމްއިންނެވެ. އެ އެސޯސިއޭޝަނުން ވަނީ އަޔާޑާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ގދ.ވާދޫގައި "ޕެޑްލް އައުޓް" ކުރިޔަށް ގެންގޮސްފައެވެ.

މި ހަރަކާތުގައި ރާއްޖެއިން 30 އަށްވުރެ ގިނަ ރާޅާއެޅުންތެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ ވާދޫ އާއި އަޔާޑާ މޯލްޑިވްސް އަދި ބްލޫ ޝާކް ސަފާރީ ބޯޓްގެ ރާޅާއެޅުންތެރިންނެވެ. އަދި އޭގެ ތެރޭގައި ރާއްޖެ އަދި ބިދޭސީ ރާޅާއެޅުންތެރިންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް