Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 23:29
ސައޫދީ ރަސްގެފާނު: ރާއްޖޭގައި ހޭދަކުރައްވާ ދުވަސް ވަނީ އިތުރު ކުރައްވާފައި
ސައޫދީ ރަސްގެފާނު: ރާއްޖޭގައި ހޭދަކުރައްވާ ދުވަސް ވަނީ އިތުރު ކުރައްވާފައި
ގޫގުލް
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު
ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!
ރަސްގެފާނު އިތުރު ދެ ދުވަހު ރާއްޖޭގައި މަޑުކުރައްވާނެ

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް ރާއްޖެއަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ހުންނަވާ ރިސޯޓުން މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސައުދީން ގެންނަ ހާއްސަ ހެލިކޮޕްޓަރުގައި ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު މާލެއަށް ވަޑައިގަތުމާ ދިމާކޮށް ރަސްމީ ފާލަމުގެ ތެރެއަށް ކާރު ވެއްދޭ ގޮތަށް އެފާލަން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އެކަން ކުރެއްވި ފަހުން މިހާރު އަންގަވާފައިވަނީ ސައޫދީ ރަސްގެފާނު މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށެވެ.

ސައުދީ ރަސްގެފާނު ރާއްޖޭގައި ހޭދަކުރެއްވުމަށް ހަމަޖެހިފައިވާ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފައި ކަމަށާއި އިތުރަށް ދެ ދުވަސް ރާއްޖޭގައި ހޭދަކުރައްވާނެ ކަމަށް ވެސް ވަނީ އެނގިފަ އެވެ. 

މާރޗް މަހު ފަހުކޮޅު ސައުދީއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ 3 ރިސޯޓެއް 13 ދުވަހަށް ވަނީ ބުކްކޮށްފައެވެ.

ތިން ރިސޯޓް އެއްކޮށް ބުކްކުރައްވާފައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ.

ސައޫދީ ރަސްގެފާނު އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑޮނޭޝިޔާގައި މަޑުކުރައްވާ 9 ދުވަހަށް 506 ޓަނުގެ ލަގެޖް ގެންދެވިއެވެ.

ވޮޝިންގޓަން ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެ ތެރޭގައި މާސިޑީޒް ލިމޯސިންސްގެ ދެކާރާއި ދެ ލިފްޓް ނުވަތަ އޮޓޯ ހަރުގަނޑުވެސް ހިމެނެއެވެ.

ސައޫދީ ޝާހީ އާއިލާގެ މި ދަތުރުގައި 1500 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އޭގެ ތެރޭގައި 10 މިނިސްޓަރުންނާއި 25 ޕްރިންސް އަދި މަދުވެގެން 100 ސެކިއުރިޓީ އޮފިސަރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
2 މާރޗް 2017 | ބުރާސްފަތި 10:49
އިއްލަ
ރަނުން ހަދާފަ އޮތް ހެލިކޮޕްޓަރެއްބާ؟ އެހެންޏާ ފަހެ ރަސްގެފާނުގެ މާތް ކަމާއި ކަރާމާތައް އުނިކަން ނާންނާނީ ރަނުގެ ތަޚުތާ ރަނުގެ ސަވާރީ އަކުން ނޫންބާ؟