Advertisement
ކ. މާލެ
|
15 ޖޫން 2019 | ހޮނިހިރު 15:05
މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު
މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
މާލޭގެ މަގުތަކުގައި އަޅާފައިހުރި ހޮޅިތައް
ހޮޅިތަކުން ސަލާމަތްވާނެ ގޮތެއް ހަދައިދޭނަން: ޝިފާ
މާލޭގެ މަގުތަކުގައި ގިނަ ހޮޅިތަކެއް ވަނީ އަޅާފައި

މާލެގެ މަގުތަކުގައި އަޅާފައިވާ ހޮޅިތަކުން ސަލާމަތްވާނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޝިފާ މިހެން ވިދާޅުވީ، މަލޭގެ މަގުތަކުގައި އަޅާފައިވާ ހޮޅިތަކުން ސަލާމްވަނެ ގޮތެއް ނެތްތޯ އަހައި، ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ޝިފާ ވިދާޅުވީ، މާލޭ ސިޓީގެ މަގުތައް ހެދުމަށް ލިބޭ އެންމެ ފުރަތަމަ ފުރުސަތުގައި ވެސް މާލޭގެ މަގުތަކުގައި އަޅާފައިވާ ހޮޅިތަކުން ސަލާމަތްވާނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި ހޮޅިތައް ގިނަވެ އެކަމުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އާންމުން ވަނީ ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އިމާރާތްތައް ހެދުމަށް ފެން ބޭރުކުރުމަށް ހޮޅި އެޅުމުގައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް ރައްޔިތުން އެދެމުންތާ ދުވަސްތަކެއް ވެއްޖެއެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގެއަށް ވަދެ ނުކުމެ އުޅުން ފަދަ ކަންކަމުގައި އުނދަގޫތައް ދިމާވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް