Advertisement
ކ. މާލެ
|
15 ޖޫން 2019 | ހޮނިހިރު 12:28
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ރައީސް އޮފީސް
ހަޔާ އެޑިއުކޭޝަން
މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ބާއްވަނީ
163 ޖާގައަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި
ސެޝަންތައް އޮންނާނީ ރޭގަނޑު 08:30 އިން 09:30 އަށް

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ބާއްވަން ފަށައިފި އެވެ.

ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް 163 ޖާގައަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

"ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 ޖޫން" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ކޮންމެ ދަރިވަރަކަށް ވެސް ލޯނަށް އެދި ހުށައެޅޭނެއެވެ. މިލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ދެވަނަ ފަހަރަށް ހުޅުވާލީ، ގިނަ ބަޔަކު އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބުނެ ޑިސްކޮލިފައި ވުމުންނެވެ. އަދި މި މައްސަލާގައި ގިނަ ބަޔަކު ހަޔަރ އެޑިއުކޭޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Advertisement

އެހެންކަމުން އުސޫލާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ހަޔަރ އެޑިއުކޭޝަނުން ދަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ބައްދަލުވުމުން މި މަހުގެ 16 އަދި ތިން ވަނަ ބައްދަލުވުން 19 ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ މައުލޫމާތު ދިނުމުގެ ސެޝަންތައް އޮންނާނީ ރޭގަނޑު 08:30 އިން 09:30 އަށް ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހޯލުގައި ކަމަށެވެ. އަދި ލޯނަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމަށް މިސެޝަންތަކުގައި ބައިވެރި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެދެއެވެ.

ލޯނު އެހީއަށް އެދުމުގެ ސުންގަޑި 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13.30 އަށް ހަމަވާނެއެވެ. އިއުލާނުގެ މުއްދަތު ހަމަވުމުގެ ތިން ދުވަސްކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް އެއްފަހަރު ފުރުސަތުދޭނެއެވެ. ނަމަވެސް އިއުލާނުގެ މުއްދަތުގެ ފަހު 3 ދުވަހު ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެ ކަމަށް ހަޔަ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޖޫން 2019 | ހޮނިހިރު 21:13
ފާތިމާ
ކޮންމެވެސް މީހަކު ސާފުކޮށްދިބަލަ ޑޮކްޓަރުކަން ކިޔަވާކުދިންނާ ބެހޭގޮތުން ސީއެންއެމް ގަ އޮތީ ތެދެއްތޯ