Advertisement
ކ. މާލެ
|
14 ޖޫން 2019 | ހުކުރު 10:56
އައިޖީއެމްއެޗު ބާއިމާރާތުގައި އަލިފާން ރޯވުން
އައިޖީއެމްއެޗު ބާއިމާރާތުގައި އަލިފާން ރޯވުން
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާއެއް ހިނގުން
އައިޖީއެމްއެޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
އިމާރާތަށް ގެއްލުމެއް ލިބިފައެއްނުވޭ

އައިޖީއެމްއެޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

Advertisement

ހުކުރު ދުވަހު ހިނގި މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ އައިޖީއެމްއެޗުގެ ބާ އިމާރާތުގެ އިންޖީނު ރޫމެއްގައި ހުރި ބެޓެރީއެއްގައި ކަމަށާއި، އެކަމުގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 10:07 ގައި ކަމަށެވެ.

އިމާރާތުގެ ތެރޭގައި ދުމުގެ އަސަރު ކޮށްފައި

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމަރޖެންސީ ރޫމްގައި އެޑްމިޓް ކޮށްފައި ތިބި ހުރިހާ ބަލި މީހުން ނެރެ، އެހެން ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި މުޅި ހޮސްޕިޓަލުގެ ތެރޭގައި ދުމުގެ އަސަރު ހުރި ކަމަށް އެތަނަށް ދިޔަ ފަރާތްތަކުން މައުލޫމާތުދެއެވެ.

އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބުމާއެކު، އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ހަރަކާތްތެރިވެފައިވާއިރު، 10:21 ގައި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ އިމާރާތުން ދުން ބޭރު ކުރުމުގެ މަސައްކަތް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިހާދިސާގައި އެ އިމާރާތަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް