Advertisement
ކ. މާލެ
|
14 ޖޫން 2019 | ހުކުރު 09:19
މީހެއްގެ ސައިކަލަކަށް ޕެޓްރޯލް އަޅަނީ
މީހެއްގެ ސައިކަލަކަށް ޕެޓްރޯލް އަޅަނީ
ދަ އެޑިޝަން
އެސްޓީއޯ
އަނެއްކާވެސް ތެލުގެ އަގުހެޔޮ ކޮށްފި
މިއީ މި އަަހަރު އަގު ހެޔޮކުރި ތިންވަނަ ފަހަރު

ސްޓްޓޭ ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަނެއްކާވެސް ތެލުގެ އަގުހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، ހުކުރު ދުވަހުން ފެށިގެން ޑީސަލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ކުޑަކޮށްފައިވާ ކަމަށެވެ.

Advertisement

އެއާއިއެކު ހުކުރު ދުވަހުން ފެށިގެން ފެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.13 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 11.19 ރުފިޔާ އަށެވެ. މިއީ މި އަހަރު ތެރޭގައި ތެލުގެ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ.

އެސްޓީއޯ އިން ތެޔޮ އަގުހެޔޮ ކޮށްފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ވަނީ ހުއްދާ ދީފައެވެ. މާލޭގައި 24 ގަޑިއިރު ހިދުމަތް ދެނީ ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުންނެވެ.

ދާދި ފަހަކާ ޖެހެންދެން ވަކިން ޕެޓްރޯލް ވިއްކުމާއި ޑެލިވަރީ ކޮށްދިނުން އާއްމުވެފައި އޮތް އޮތުން 24 ގަޑިއިރަށް ޕެޓްރޯލް ވިއްކަން ފެށުމުން ވަނީ މަޑުޖެހިފައެވެ.

މާލެ ތެރޭގައި ޕެޓްރޯލް ވިއްކުމަކީ ނުރައްކާތެރި ކަމަކަށްވާތީވެ މިހާރު ހުރި ޕެޓްރޯލް ޝެޑުތައް އިސްޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މާލެ ސީޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވެއެވެ.

ކުރިން މާލެ އިންޑަސްޓްރިއަލް އޭރިޔާ ގައި ވަގުތީ ގޮތުން ހިދުމަތް ދެމުން ގެންދިޔަ ޕެޓްރޯލް ޝެޑް ބޮޑުކޮށް އޭޕްރީލް މަހު އެތަން ވަނީ ހުޅުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް