Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 21:40
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން
މުހައްމަދު ޝަރުހާން
ސްޕްރިމް ކޯޓް
ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ
ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު

ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބުނީ، މި ބައްދަލުވުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޞާޞްގެ ބޭރުން، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އިޚްތިޞާޞް އަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ ޢަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ނިންމުންތަކެއް ނިންމާނެކަމެއް ޑީޖޭއިން ހާމައެއް ނުކުރެ އެވެ.

ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ވަނީ ޖޭއެސްސީގެ ނިންމުމަށް އަމަލުނުކުރުމަށް މުއައްސަސާތަކަށް އަންގާފަ އެވެ.

ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވިނަމަވެސް، އެއީ ސީދާ ޤާނޫނު އަސާސީން ބާރު ލިބިދޭ މުއައްސަސާއެއް ނޫނެވެ. އަދި ޖޭއެސްސީގެ ނިންމުންތަކާއި ޗެލެންޖްކުރުމުގެ ބާރެއް އެ ކައުންސިލަށް ލިބިގެނެއް ނުވެ އެވެ.

Advertisement

ޖުޑީޝަލް ކައުންސިލް އުފައްދާފައިވަނީ 2008 ވަނަ އަހަރު، އޭރު އުއްތަަމަ ފަނޑިޔާރު ޤާނޫނު އަސާސީގެ 7 ވަނަ މާއްދާއާއި، 141 ވަނަ މާއްދާގެ (ށ) އަދި 156 ވަނަ މާއްދާގެ ދަށުންނެވެ.

މިކައުންސިލްގެ މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ އިސްފަނޑިޔާރާއި، މަދަނީ ކޯޓުގެ އިސް ޤާޟީ އާއި، ޖިނާއީ ކޯޓުގެ އިސް ޤާޟީ އާއި، އާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީ އާއި، ކުޑަކުދިންނާއި ބެހޭ ކޯޓުގެ އިސް ޤާޟީ އަދި ރަށު ކޯޓުތައް ތަމްސީލް ކުރާ 2 މެޖިސްޓްރޭޓުނެވެ.

މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ. އުއްތަމަ ފަނޑިޔާރު ނެތް ހާލަތެއްގައި އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، އެ ކޯޓުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް