Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 21:16
ރައްޔިތުންގެ މަޖިިލިސްގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިިލިސްގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދު ލަންކާއަށް
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނާއި، ކެބިނެޓް ވަޒީރު މި ދަތުރުގައި ބައިވެރިވެވަަޑައިގަންނަވާ
ސިނަމަން ގްރޭންޑް ހޮޓެލްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި
ލަންކާ ޕާލަމެންޓް ރައީސް އާއި ބައްދަަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ސްރީލަންކާ ސަރުކާރުގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

މިއީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ނަޝީދު ލަންކާއަށް ފުރާ ވަޑައިގަންނަވާއިރު، އެ މަނިކުފާނު އެބުރި މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހުގެ ރެއެވެ. ރައީސް ނަޝީދާއިއެކު މި ދަތުރުފުޅުގައި އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި، ޕާޓީގެ އިސްބޭފުޅުންގެ އިތުރުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެއެވެ.

ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓްއަށް ފައިވާ ވަޑައިގަތުމަށްފަހު ލަންކާގެ މީޑިޔާތަކާއި ރައީސް ނަޝީދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނާއި، ކެބިނެޓް ވަޒީރުންނާއެކު ރައީސް ނަޝީދު ދެއްވާ ޕްރެސް ކޮންފަރެންސެއް ސިނަމަން ގްރޭންޑް ހޮޓެލްގައި ހޮނިހިރު ދުވަހު އޮންނާނެއެވެ.

Advertisement

ރައީސް ނަޝީދާއި، އެމްޑީޕީގެ ޓީމަށް ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފަރިއްކޮޅު އޮތީ ހޮނިހިރު ދުވަހުގެ ރޭ ޓެމްޕަލް ޓްރީ ހައުސްގައެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ޓީމް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ޕާލަމެންޓްގެ ރައީސް ޖަޔަސޫރިޔާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހު ޖަޔަސޫރިޔާގެ ރަސްމީ ގެކޮޅުގައެވެ.

އެމްޑީޕީ އާއި ސްރީލަންކާ އާއި ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވި ދުވަސްވަރު ލަންކާއިން އެ މަނިކުފާނަށް ހިމާޔަތާއި ރައްކާތެރިކަން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް