Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 21:13
ތެޔޮ ޓޭންކަރުތައްވަނީ ދޫކޮށްލާފައި
ތެޔޮ ޓޭންކަރުތައްވަނީ ދޫކޮށްލާފައި
ރޮއިޓަރސް
ތެޔޮ ޓޭންކަރުތަކެއް ގޮވުން
އޮމާން ކަނޑުގައި އޮއްވައި ގޮވި ޓޭންކަރުތަކުން މީހުން މީހުން ސަލާމަތްކޮށްފި
އީރާނުންވަނީ އެހާދިސާއާ އެގައުމާ ގުޅުމެއް ނެތްކަމަށް ބުނެފައި

ގަލްފުގެ އޮމާން ކަނޑުގައި އޮތް ދެ ތެޔޮ ބޯޓެއްގައި ގޮވި ގޮވުމަކަށްފަހު އެ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފިއެވެ.

އިރާނުން ބުނީ ކޮކުކާ ކަރޭޖަސްގައި ތިބި 21 ފަޅުވެރިންނާއި ފްރޮންޓް އޯލްޓެއަރގައި ތިބި 23 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެމެރިކާއިން ބުނެފައިވަނީ އެ ގައުމުގެ ކަނޑުގެ ސިފައިން ބައެއް މީހުން ސަލާމަތްކޮށްދީފައިވާކަމަށެވެ.

Advertisement

ތެޔޮ ހިފައިގެން ދަތުރުކުރާ އެންމެ ކާރޫބާރު ބޮޑު އެއް މަގުން ދަތުރުކުރި ދެ އުޅަނަދުގައި މި ގޮވި ގޮވުމަކީ ކިހިނެއް ހިނގާފައިވާކަމެއްކަން އަދި ސާފެއް ނުވެއެވެ.

އިރާނުގެ އޮފިޝަލަކު ބީބީސީއަށް ބުނީ "އެ ހާދިސާއާ އީރާނާ އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ.

ކޮންމެވެސް މީހަކު އެބަ މަސައްކަތްކުރޭ އީރާނާ ބައިނަލްއަގްވާމީ ދުނިޔެއާއި އޮތް ގުޅުން ނުތަނަވަސް ކުރުވަން.

ބްލޫމްބަރގްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއަށްފަހު ތެލުގެ އަގު ވަނީ 4.5 އިންސައްތަ މައްޗަށް ގޮސްފައެވެ. މި ހާދިސާ ހިނގާފައި މިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ކައިރިން ހަތަރު ތެޔޮބޯޓެއްގައި އެއްޗެއް ޖައްސައި ބޯޓްތަކަށް ގެއްލުން ދީފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 ޖޫން 2019 | ބުރާސްފަތި 21:52
ތާޑް ވޭވް
އިރާނުގެ ސަބްމެރިން އަކުން 2 ޓޯޕިޑޯ ފޮނުވާލީ ކަމަށް ހަބަރު ފެތުރެން ފަށާފި. އެމެރިކާއިން އާއި ޔޫރަޕުން އިރާނަށް ހަމަލާ ދޭނެ ހުއްޖަތެއް!! އަސްލުގަ މިއީ އިސްރާއިލްގެ ފޯލްސް ފްލެގް އެޓޭކެއް.. ހަމަލާ ދިނީ އިސްރާއިލްގެ ބްލެކް އޮޕްސް ސަބްމެރިން އަކުން. މޮސާޑްގެ ހަމަލާއެއް.