Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 19:20
ޕޮލިޓެކްނިކްގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން
ޕޮލިޓެކްނިކްގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން
ޓްވިޓަރ
މޯލްޑިވްސް ޕޮލިޓެކްނިކް
މަސައްކަތްތެރިކަމުގެ ދާއިރާއަށް ގިނަ ކުދިން ނުކުތުމަށް ގޮވާލައްވައިފި
ގައުމު ބިނާ ކުރުމަށް ތައުލީމީ ދަރިވަރުން މިދާއިރާއަށް މުހިންމު
ކުރީ ސެމެސްޓަރތަކަށްވުރެ 75 އިންސައްތަ މިފަހަރު އިތުރުވި
އޮރިއެންޓޭޝަންގައި ދަރިވަރުންގެ ކިޔެވުމާއިގުޅޭ މައުލޫމާތުތައް ދިން

މަސައްކަތްތެރިކަމުގެ ދާއިރާއަކީ ދެރަ މަސައްކަތެއް ނޫން ކަމަށާއި، ދާއިރާއަށް ގިނަ ކުދިން ނުކުތުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ގޮވާލައްވައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ މިއަހަރުގެ ޖޫން އިންޓޭކްގެ އޮރިއެންޓޭޝަން ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޓެކްނިކަލް ދާއިރާގެ ކޯސްތައް ދިރާސާކޮށް ޕޮލިޓެކްނިކްގައި އާ ކޯސްތައް ފެށުމަށް އުންމީދު ކުރާ ކަމަށެވެ. އަދި މަސައްކަތްތެރިކަމުގެ ދާއިރާއަކީ ދެރަ މަސައްކަތެއް ނޫން ކަމަށާއި، ދާއިރާއަށް ވަންނަ ކުދިންނަށް ކެރިއާގަ ކުރިމަގު ބިނާކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިދާއިރާއަށްވީހާ ވެސް ގިނަ ކުދިން ނުކުތުމަށް ގޮވާއްލައްވާ މިނިސްޓަރު ވިދާޅުވީ މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ކަމަށާއި، ގައުމު ބިނާ ކުރުމަށް ތައުލީމީ ދަރިވަރުން ދާއިރާއަށް މުހިންމު ކަމަށެވެ.

Advertisement

މިޕްރޮގްރާމްގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އިންޓަނޭޝަނަލް ވެލްޑަރެއް ކަމަށްވާ މުހައްމަދު ހަލީލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ހަލީލު ވަނީ އޭނާ އެއްވެސް ފައިސާއެއްނެތި ވެލްޑިންގް ދާއިރާއަށް ނިކުމެ މިހާރު ހުރިހިސާބަށް އޭނާއަށް އާދެވުނު ގޮތް ކުރުގޮތަކަށް ދަރިވަރުންނާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ޕޮލިޓެކްނިކްގެ ސީއީއޯ ވިދާޅުވީ މިއިންޓޭކްގައި އިންޓޭކް ކުރީ ސެމެސްޓަރތަކަށްވުރެ 75 އިންސައްތަ އިތުރުވިކަމަށާއި، ތަފާތު 22 ޕްރޮގްރާމް ތަކަކުން 500 ކުދިން ކިޔަވަން ފަށާނެ ކަމަށެވެ. އަދި އަޑު އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް ޖޫން އިންޓޭކްގައި ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މިކޯހުގައި 12 ކުދިން ބައިވެރިވެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ މިއޮރިއެންޓޭޝަންގައި ދަރިވަރުންގެ ކިޔެވުމާއިގުޅޭ މައުލޫމާތާއި، ސަމާލުކަންދޭންވީ ކަންތައްތައް ވަނީ ދަރިވަރުންނަށް ސާފުކޮށްދީފައެވެ. އަދި އޮރިއެންޓޭޝަނަށްފަހު ޕޮލިޓެކްނިކްގެ ކްލާސްތަކުގެ މައުލޫމާތު ދަރިވަރުންނަށް ވަކިން ދިނުމަށް ޕޮލިޓެކްނިކްގެ ޑިޕާޓްމެންޓްތަކުގެ އެޗްއޯޑީއިން އަދި ޑިރެކްޓަރުން ވަނީ ދަރިވަރުންނާ ވަކިން ބައްދަކުކޮށް މައުލޫމާތުދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް