Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 21:16
މެމްބަރު ފައްޔާޒު ރިޔާސުގެ ގޮނޑިކޮޅުގައި، މަޖިލީހުގެ ރައީސް މަސީހު އެއްފަރާތުގައި ހުރި ގޮނޑިބަރީގެ ގޮނޑިކޮޅެއްގައި
މެމްބަރު ފައްޔާޒު ރިޔާސުގެ ގޮނޑިކޮޅުގައި، މަޖިލީހުގެ ރައީސް މަސީހު އެއްފަރާތުގައި ހުރި ގޮނޑިބަރީގެ ގޮނޑިކޮޅެއްގައި
ޓްވިޓަރ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
މިއީ މަޖިލީހުގެ ޖަލްސާއެއް މިފަދަ ގޮތަކަށް ކުރިއަށްގެންދިޔަ ފުރަތަމަ ޖަލްސާ ކަމަށް ބުނެވޭ
މަޖިލީހުގެ ޖަލްސާތައް ސަރުކާރާއި ސަރުކާރު ނިސްބަތްވާ މެމްބަރުން ބޭނުންގޮތަކަށް ކުރިއަށް ގެންދާތީ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އާދަޔާ ހިލާފު ގިނަ ކަންކަން ދަނީ ހިނގަމުން

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ މަޖިލީހުގެ ތާރީހުގައި ވެސް ކުރިއަށް ނުގެންދާ ގޮތަށް ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.

މަޖިލީހުގެ ރައީސް އިންނަވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ގޮނޑިކޮޅުގައި އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްލާއީލް ވަނީ މަޖިލީހުގެ ރައީސް ޖަލްސާއަށް ވަޑައިގެންނެވުމުގެ ކުރިން ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވާ އެގޮނޑި ކޮޅު "ހިސޯރު" ކުރައްވާފަ އެވެ.

މެމްބަރު ފައްޔާޒު ރިޔާސަތުގެ ގޮނޑިކޮޅުގަ

 

އެހެންކަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ރިސާތުގެ އެއް އަރިމަތީ ހުންނަ ގޮނޑިބަރީގެ ތެރެއިން ގޮނޑިއެއްގައި އިންނަވައިގެން ޖަލްސާ ކުރިއަށް ވަނީ ގެންދަވާފަ އެވެ. އެ ގޮނޑިބަރިއަކީ މަޖިލީހުގެ ޖަލްސާގައި ވަޒީރުން ނުވަތަ މަޖިލީހުގެ ޖަލްސާއަށް ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވާއިރު އެބޭފުޅުން އިށީންނަވާ ގޮނޑިބަރި އެވެ.

 

 

މަސީހު ޖަލްސާ ކުރިއަށް ގެންދިޔައިރު ވެސް މަޖިލީހުގެ ބައެއް މެމްބަރުން ގެންދެވީ އިހުތިޖާޖު ކުރައްވަމުންނެވެ. މެމްބަރުން އިހުތިޖާޖު ކުރައްވާފައިވަނީ މަޖިލީހުގެ ރައީސް މަޖީލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ކުރިއަށް ނުގެންދަވާތީ އާއި ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް މަގުފަހި ކޮށްދީ އިދިކޮޅު މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެއެވެ.

ބުދަ ދުވަހުގެ ޖަލްސާ ކުރިއަށް ދިޔައިރު، ލައިވް ފީޑް ދޫކޮށްފައެއް ނުވެއެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ ވަގުތުން ދުރަށް ފޮނުވޭ ގޮތް ވަނީ ނުވެފަ އެވެ.

ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ މުޅި ކޮމެޓީން ހުށަހަޅާފައިވާ، ސިނގިރޭޓާއި އެނާރޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް، އެކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ.

ބުދަ ދުވަހުގެ ޖަލްސާފައި އެރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 52 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް