Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 17:43
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ގާޒީ އަބްދުﷲ ދީދީގެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
ސުޕްރީމް ކޯޓުން އަމުރުކުރީ އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް
ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށައެޅުއްވީ ފަނޑިޔާރު އަބްދުﷲ ދީދީ
އަމުރު ރައްދުވަނީ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކަކަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑްކުރެވުނު ސުޕްރީމް ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ މައްސަލަ އެއްވެސް ގޮތަކަށް ކުރިޔަށް ނުގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންގޮސް، އެ ނިންމުން ތަންފީޒުކުރަން މަޑުޖައްސާލަން އެންގީ ފަނޑިޔާރު އަބްދުﷲ ދީދީ އެ ކޯޓަށް ހުށައެޅުއްވި ދުސްތޫރީ މައްސަލަ ކޯޓުން ބަލައިގަންނަން ނިންމުމުން ކަމަށެވެ. ސުޕްރީމް ކޯޓުން އަމުރުކުރީ އެ މައްސަލަ ވަކިގޮތަކަށް ބަލާ ނިމެންދެން ޖޭއެސްސީގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.

ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ފަނޑިޔާރު އަބްދުﷲ ދީދީ އެދިފައިވަނީ، ޖޭއެސްސީގެ ނިންމުމަކީ ގާނޫނު އަސާސީއާ ޙިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ހުށައެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ ޖޭއެސްސީގެ ނިންމުމަކީ ގާނޫނު އަސާސީގެ ގާނޫނު ނަމްބަރު 13/2010 އާއި ގާނޫނު ނަމްބަރު 10/2008 އާ ޙިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ވަގުތީ އަމުރަކީ އެ ކޯޓަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ގާނޫނޫ ބެލެނިވެރިކަމުގެ އިޙްތިސާސްގެ ތެރެއިން ކުރި އަމުރެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ 141 ވަނަ މާއްދޭގެ (ށ) އަދި 144 ވަނަ މާއްދާ އާއި 145 ވަނަ މައްޗަށް ރިޢާޔަތްކޮށް ނެރެފައިވާ އަމުރެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

Advertisement

ސުޕްރީމް ކޯޓުން ނެރުނު އަމުރު ރައްދުވަނީ ޖޭއެސްސީގެ އިތުރުން ކަމާއިބެހޭ ހުރިހާ މުއައްސަސާއަކަށެވެ. އެހެންކަމުން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން އެއްވެސް ތަހުގީގެއް ކުރިޔަށް ގެންދިޔުމުގެ ފުރުސަތެއް ވެސް ނޯންނާނެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށް ވިދާޅުވީ ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީނެވެ. އޭނާ ވިދާޅުވީ ފުލުހުން ބަލަމުން އަންނަނީ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލައެއް ކަމަށެވެ. މި އަމުރާ ގުޅިގެން ޖޭއެސްސީގެ ބަހެއް ހޯދާލަން ރާއްޖެއެމްވީއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމީ ޖޭއެސްސީއަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ހުށައެޅުއްވީ އެ މަނިކުފާނަށް އިއްވި 13 އަހަރުގެ ޖަލު ހުކުމްކުރުމަށް، ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށައެޅުއްވި ކަމަށެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޝްވަތުގެ ފައިސާ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ އެކައުންޓަށެވެ. އެ ފައިސާ ދިނީ ކޮން ފަރާތަކުން ކަމެއް މިހާތަނަށް އެނގިފައިނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
13 ޖޫން 2019 | ބުރާސްފަތި 21:05
ޖަނަވާރު، މިނިކާރާއްޖެބާ؟
ޖަނަވާރު، މިނިކާރާއްޖެބާ؟
13 ޖޫން 2019 | ބުރާސްފަތި 19:23
ދެންފަހެ ދަންނަވަމެވެ.
ސްޕުރީމް ކޯޓް އަމުރަކީ ޖޭއެސްސީ އިން އަބްދުﷲދީދީ ގެ މައްސަލަ ބަލަން ފެށުމުގެ ނުވަތަ ސަސްޕެންޓް ކުރުމުގެ ކުރިންނަމަ ، އަމުރަށް ތަބާވާންގެހޭ، މިހާރު މަޑުޖައްސާލަން ޖެހޭނީ ފަހުން ކުރި އަމުރު،
13 ޖޫން 2019 | ބުރާސްފަތި 19:19
ޙަސަން
ތިސުޕްރީމް ކޯޓަކީ ކިހާވަރެއްގެ ބައެއްތިބި ތަނެއްކަން މިޤައުމުގެ އެންމެ ކުޑަކުއްޖާއަށްވެސް މިހާރު އެބައިނގޭ. އެމީހުންގެ އަތުންލިޔެ އަމިއްލައަށް ސޮއިކޮށްފަނެރުނު އަމުރެއް ދެތިންދުވަސްފަހުން ދެފަނޑިޔާރަކު ވަގައްނެގުމުން އަނެއް ތިންފަނޑިޔާރުން ހަމައެޙުކުމް އެމީހުންގެ އަތުންވަކިބައިތަކެއް ބާތިލްކުރިބައެއް. މިވަރުގެ ބަޔަކަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނޭކިޔަން ލަދުގަނޭ، މަޤާމްގެ ދަހިވެތިކަމުގައި ޤައުމްގެ އަދުލްއިންސާފް ވެއްްޔާމޮޑެލަނީ
13 ޖޫން 2019 | ބުރާސްފަތި 18:57
ބޭބެ
ވައްކަމާއި ޓެރަރިޒަމުގެ ކުށް ޝަރީ ޢަތަށް ސާބިތުވެ ނިޔާކަނޑައެޅިފަިވާ މީހުން ރައީސް ކަމަށާއި މަޖުލިސމިންބަރުކަމަށް ކުރިމަތިލުމަށް ޣައިރު ޤާނޫނީގޮތުން ފުރުސަތުދީ ެފަދަ މީހުން ރައްޔިތުނގެ މަޖުލީހާއި ޖޭ.އެސް ސީ ފަދަ ތަންތަނުގެ މެންބަރުކަމާއި ރައީސްކަން ފަދަ މަގާމުތަކަށް އައަުމުގެ ފުރުސަތު ދިނުމުން ދެން ނުވެނުދާނެ ހުރިހާކަމެއް މިހާރު މިދަނީ ވަމުން އެއީބޮޑަތި މުޖުރިމުން އެމީހުންނަށް ވެރިކަން ލިބުނަސް ހިންގަން އެގޭނީ ހަމަ ޖަރީމާ
13 ޖޫން 2019 | ބުރާސްފަތި 18:57
ބޭބެ
ވައްކަމާއި ޓެރަރިޒަމުގެ ކުށް ޝަރީ ޢަތަށް ސާބިތުވެ ނިޔާކަނޑައެޅިފަިވާ މީހުން ރައީސް ކަމަށާއި މަޖުލިސމިންބަރުކަމަށް ކުރިމަތިލުމަށް ޣައިރު ޤާނޫނީގޮތުން ފުރުސަތުދީ ެފަދަ މީހުން ރައްޔިތުނގެ މަޖުލީހާއި ޖޭ.އެސް ސީ ފަދަ ތަންތަނުގެ މެންބަރުކަމާއި ރައީސްކަން ފަދަ މަގާމުތަކަށް އައަުމުގެ ފުރުސަތު ދިނުމުން ދެން ނުވެނުދާނެ ހުރިހާކަމެއް މިހާރު މިދަނީ ވަމުން އެއީބޮޑަތި މުޖުރިމުން އެމީހުންނަށް ވެރިކަން ލިބުނަސް ހިންގަން އެގޭނީ ހަމަ ޖަރީމާ