Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 14:40
ހެލްތު މިނސްޓަރ އަބްދުﷲ އަމީން
ހެލްތު މިނސްޓަރ އަބްދުﷲ އަމީން
މުހައްމަދު ޝަރުހާން
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ދުވަސް
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ޤާނޫނުތައް އުފައްދާނަން: ހެލްތު މިނިސްޓަރ
ކުރީބައިގައި ތައްޔާރުވެ ތިއްބެވުމަށް އެދިވަޑައިގެންނެވި
ޖޫން މަހުގެ 7 ވަނަ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ދުވަސް

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ޤާނޫނުތައް އުފައްދާތީ އެކަމަށް ކުރީބައިގައި ތައްޔާރުވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފިއެވެ.

Advertisement

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރާއިރު، އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި، ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، އެތެރެކުރާ ފަރާތްތައް ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިއަދު އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރައްވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، ދަނޑުވެރިކަން ކުރައްވާ ފަރާތްތަކާއި، އަދި މިނޫންވެސް ކެއިން ބުއިމާއި ގުޅޭ ތަކެތި އުފެއްދުމުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ތައްޔާރުވެ ވަޑައިގަންނަވާށޭ. އުސޫލުތައް ހަރުދަނާ ކުރުމަށާއި، މިކަމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ގެނައުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،"
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުއްލިއަކަށް އުސޫލުތައް ތައާރަފްވެ އެ އުސޫލުތަކަށް ތަބާވާން ޖެހުމުން ގޮންޖެހުންތަކަކާ ކުރިމަތިވެދާނެ ކަމަށެވެ. ކާބޯތަކެތި އުފައްދާ ފަރާތްތަކާއި އެތެރެކުރާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރީބައިގައި އަހުލުވެރިވެ ދިބުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ދުވަހުގެ ގޮތުގައި ވޯރލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މިދިޔަ އަހަރު ކަނޑައަޅާފައިވާއިރު، ކޮންމެ އަހަރަކު ވެސް ކާބޯތަކެތީގެ ރައްކާތެރި ކަން ނެތުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި 420،000 އަށް ވުރެ ގިނަ މީހުން މަރުވާ ކަމަށާއި، ރައްކާތެރި ނޫން ކާބޯތަކެތިން ޖެހޭ ބަލިތަކުގެ އަދަދު 200 އަށް އަރާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ބައެއް ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި ޕެނަލް ޑިސްކަޝަންތައް ހިމެނޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް