Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 13:18
އެޑިއުކޭޝަން މިނިސްޓްރީއަށް އާ ޕީއެސްއެއް އައްޔަން ކުރުން
އެޑިއުކޭޝަން މިނިސްޓްރީއަށް އާ ޕީއެސްއެއް އައްޔަން ކުރުން
ޓްވިޓަރ
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް
އެޑިއުކޭޝަން މިނިސްޓްރީއަށް އާ ޕީއެެސްއެއް އައްޔަންކޮށްފި
ޕަރމަނަންޓް ސެކްރެޓަރީއަކަށް އައްޔަންކުރެއްވީ އަޙުމަދު އަލީ

މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް އާ ޕާރމަނަންޓް ސެކެޓްރީއެއް އައްޔަންކޮށްފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އެޑިއުކޭޝަން މިނިސްޓްރީއަށް އަލަށް އައްޔަންކުރެއްވި ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު އަލީ ބުރާސްފަތި ދުވަހު މަޤާމްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާފައިވާ ކަމަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި މިނިސްޓްރީގެ މުވައްޒަފުން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

Advertisement

މިނިސްޓްރީގެ ޕީއެސްގެ މަޤާމުގައި ކުރިން ހުންނެވީ މުހައްމަދު ސައީދެވެ.

މިނިސްޓްރީއަށް އާ ޕީއެސްއެއް އައްޔަނުކުރެއްވުން

އަޙުމަދު އަލީ ވަނީ 2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މަޤާމުތައް ފުރުއްވާފައެވެ. އެގޮތުން ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ފުރިހަމަކޮށް އިންޑިއާގެ މައިސޫރު ޔުނިވާރސިޓީން ސުކޫލް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ނިންމަވާފައިވައިރު، 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އަލަށް އެކުލަވާލި ތައުލީމީ މަންހަޖުތަކަށް ސުކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ބެލެނިވެރިން އަހުލުވެރި ކުރުވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އަހުމަދު ވަނީ 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމުވެސް އަދާ ކުރައްވާފައެވެ. އެއަށްފަހު 2015 ވަނަ އަހަރު ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރުމުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އޭނާ ވަނީ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެ މަތީ މަސްއޫލިއްޔަތުތައް އަދާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް