Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 19:27
ފުލުހުންވަނީ ރަބަރު ވަޒަނާއި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި
ފުލުހުންވަނީ ރަބަރު ވަޒަނާއި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި
ރޮއިޓަރސް
ހޮންކޮންގ ގެ މުޒާހަރާ
މުޒާހަރާތަކާ ގުޅިގެން ހޮންކޮންގ ގެ އޮފީސްތައް ބަންދުކޮށްފި
ހޮންކޮންގގެ ޗީފް އެގްޒެކްޓިވް ކެރީ ލެމް ވަނީ އެ ބިލް ދިފާއުކުރައްވާފައި

ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތްތައް ހިންގުމަށް ޗައިނާއަށް ފޮނުވާލެވޭ ގޮތަށް (އެކްސްޓްރެޑޭޓް ކުރެވޭ ގޮތަށް) ހޮންގ ކޮންގގެ ގާނޫނަށް ބަދަލު ގެންނަން ހުށައެޅުމުން، އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ ބުރާސްފަތި ދުވަހު ސަރުކާރުން އޮފީސްތައް ބަންދުކޮށްފިއެވެ.

ހޮންކޮންގގެ ސަރުކާރުގެ ވެރިޔާ ވަނީ މި މުޒާހަރާތަކަކީ ސިޔާސީ މަގްސަދުތަކެއްގައި ހިންގާ ރަޔަޓް ކަމަށް ސިފަކުރައްވާ މުޒާހަރާތައް ކުށްވެރިކުރައްވާފައެވެ.

ހޮންކޮންގގެ ޗީފް އެގްޒެކްޓިވް ކެރީ ލެމް ވަނީ ޚިޔާލުތަފާތުވުން ބޮޑު އެބިލް ދިފާއުކުރައްވައި އެއީ އެ ޓެރިޓަރީގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ގާނޫނީ ބަދަލެއްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ގާނޫނުހަދާ މަޖިލީހުގެ ބޭރުގައާއި ސަރުކާރުގެ މައި އިމާރާތްތަކުގެ ބޭރުގައި ބުދަ ދުވަހުގެ ރެއިން ފެށިގެން މުޒާހަރާކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ފުލުހުން ވަނީ ރަބަރު ވަޒަނާއި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ.

Advertisement

ހޮންގ ކޮންގއަކީ ޗައިނާގެ ހާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ގައުމެކެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު, ސަތޭކަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެ މީހުންގެ ދަށުގައި އޮތުމަށް ފަހު، އެ ސަރަހައްދު އަނބުރާ ޗައިނާއާ ހަވާލުކުރެވުނީ 1997 ވަނަ އަހަރުގެ ތެރޭގައެވެ.

ޗައިނާގެ ހާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ހޮންގ ކޮންގއަށް ވަނީ އަމިއްލަ ސަރުކާރުގެ ހިންގުމުގެ ނިޒާމަކާއި އިގްތިސާދެއް ހިންގުމުގެ މިނިވަންކަން ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް