ކ. މާލެ
|
12 ޖޫން 2019 | ބުދަ 18:13
ރެއާލްގެ ރައީސް ޕެރޭޒް (ކ) އަދި ޖޮވިކް (ވ)
ރެއާލްގެ ރައީސް ޕެރޭޒް (ކ) އަދި ޖޮވިކް (ވ)
ޓްވިޓަރ
ލޫކާ ޖޮވިކް
ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ޖޮވިކް ދައްކާލައިފި
ޖޮވިކް ރެއާލްއަށް ސޮއިކުރީ 2025 ވަނަ އަހަރުގެ ނިޔަލަށް

ރެއާލް މެޑްރިޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ސާބިއާގެ ސްޓްރައިކަރ ލޫކާ ޖޮވިކް ދައްކާލައިފިއެވެ.

އުމުރުން 21 އަހަރުގެ ޖޮވިކް ރެއާލްއަށް ސޮއިކޮށްފައިވަނީ 70 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގެ ދަށުން ހަ އަހަރަށެވެ.

ޖޮވިކްގެ މެޑިކަލް ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދާއްކާލާފައިވާއިރު، އެއްބަސްވުމުގައި ވާގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑުކުރަންޖެހޭނެއެވެ.

ޖޮވިކް ރެއާލްއަށް ބަދަލުވެފައިވަނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ. އޭނާ ހޯދުމަށް ބާސެލޯނާއިންވެސް މަސައްކަތް ކުރިއެވެ.

ސާބިއާގެ ރެޑް ސްޓާއިން 2012 ވަނަ އަހަރު ކެރިޔަރު ފެށި ޖޮވިކް ވަނީ ބެންފީކާއަށްވެސް ކުޅެފައެވެ. އޭނާ ވަނީ ރެޑް ސްޓާއާއެކު ސާބިއަން ސުޕަލީގް ކާމިޔާބުކޮށްފައެވެ.

ބެންފީކާގެ ޔޫތު ޓީމަށްވެސް މެޗުތަކެއް ކުޅެ ލަނޑުތަކެއްވެސް ކާމިޔާބުކޮށްފައިވާ ޖޮވިކް ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅުމުގެ އިތުރުން، އެ ކްލަބާއެކު ދެ ލީގު ތަށި ހޯދާފައެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން 2017 ވަނަ ސީޒަނުގައި ފްރެންކްފާޓްއަށް ބަދަލުވި ޖޮވިކް ވަނީ އެ ކްލަބާއެކު ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބަށް ކުޅުނު 75 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ.

ސާބިއާ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެ އެއް ލަނޑު ކާމިޔާބުކޮށްފައިވާ ޖޮވިކް ވަނީ އެ ސާބިއާގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް