ދިވެހި ސިފައިންނަކީ ދިވެހިރާއްޖެ ބިނާކުރުމުގެ ބޮޑު ދައުރެއް އޮތް ބަޔެއް ކަމަށާއި ސިފައިންނަށް ވޯޓް ލެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ދިވެހި ސިފައިންނަކީ ރާއްޖެ ބިނާކުރުމުގެ ބޮޑު ދައުރެއް އަދާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާ މީހުން ކަމަށެވެ. އެހެންކަމުން ސިފައިންނަށް ވޯޓް ލެވެންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
Dhivehi Sifainaki Raajje binakurumuga bodu dhaurehadhakoh,rayyithunge salamathai rakkatherikan kashavar kurameehun.Emeehunah vote levenjehey
— Mohamed Nasheed (@MohamedNasheed) March 1, 2017
ރައީސް ނަޝީދު އެގޮށް ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ސިފައިންގެ ތެރޭގައި ރައީސް ޔާމީންއަށް ތާއީދުކުރާ މީހުން މަދުވުމާ ގުޅިގެން ވޯޓްލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާ ހުދުމުހުތާރު އަމަލެއް ކަމަށެވެ.
އިންތިޚާބު ތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ހެދުމަށްޓަކައި ސިފައިންގެ ގާނޫނަށް އިސްލާހް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.
Sifainge thereygai RY ah thaaeedhu kuraameehun madhuvumaaigulhigen vote lumuge haqqu nigulhaigathumah hingaa khudhumukhuthaaru amaleh! https://t.co/EfYSssfq4a
— Abdulla Riyaz MP (@riyazabdulla) February 28, 2017
އިންތިޚާބު ތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ހެދުމަށްޓަކައި ސިފައިންގެ ގާނޫނަށް އިސްލާހް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ޓީވީ މޯލްޑިވްސްއިން ލައިވްކޮށް ދައްކަމުންދިޔަ ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ޝަރީފް ވިދާޅުވީ ސިފައިންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި ސިފައިންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކުރާ ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަވައިގެން ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތް ހައްދަވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައި މިވަނީ ފުލުހުންނަށް އިނާޔަތް ބޮޑު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
ބޮޑުކުރައްވާނެ ކަމަށް ވިދާޅުވި އެލަވަންސް ބޮޑު ނުވާ ސަބަބެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ ފުލުހުންނަށް އެލަވަންސް ބޮޑުކޮށްފިނަމަ ސިފައިންނަށްވެސް މުސާރަ ނުވަތަ އެލަވަންސް ބޮޑު ކުރެވެންވާނެ ކަމަށް ބުނުމުން ކަމަށެވެ.