Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 16:17
އެމްޕީއެލްގެ ސީއީއޯއަކަށް ހަމަޖެއްސެވި ހަލީމް (ކ) އަދި އެމްއާރްޑީސީގެ އެމްޑީ އަކަށް ހަމަޖެއްސެވި ނިމާލް
އެމްޕީއެލްގެ ސީއީއޯއަކަށް ހަމަޖެއްސެވި ހަލީމް (ކ) އަދި އެމްއާރްޑީސީގެ އެމްޑީ އަކަށް ހަމަޖެއްސެވި ނިމާލް
ގޫގުލް
ސަރުކާރު ކުންފުނިތަކުގެ ވެރިން
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
އެމްޕީއެލްގެ ސީއީއޯގެ މަގާމު ހުސްވީ ޖުނައިދު އިސްތިއުފާ ދެއްވުމުން
ހަލީމް ހުންނެވީ އެމްއާރްޑީސީގެ އެމްޑީ އަކަށް
ނިމާލް ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯގެ މަގާމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްރައްޒާގް ހަލީމް ހަމަޖައްސަވައިފި އެވެ.

 

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި ހަމީލް އެ މަގާމަށް ހަމަޖެއްސެވީ ބުދަ ދުވަހު އެވެ.

 

އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖެއްސެވުމަށް ފަހު، އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް ވަނީ ހަމަޖައްސަވާފަ އެވެ.

 

ނިމާލް ވަނީ އެމްއާރްޑިސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އޭނާ ހަމަޖައްސަވާފައިވާކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

 

ނިމާލް ވަނީ ކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެނަކައިން ނިމާލް ވަކިކުރީ އެއްމިލިއަން ޑޮލަރު ގަންނަން ކަމަށް ބުނެ 17 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާ އަނބުރާ ނުލިބުނު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

 

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފަނަކައިން ޑޮލަރު ގަތުމަށް ފައިސާ ދޫކުރި ކުންފުންޏަކީ ޑޮލަރުގެ މުއާމަލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 މާރޗް 2017 | ބުދަ 13:53
ނިހާދު
ވަގުން ވާނީ ވަގުންނަށް