ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 08:58
ފޯކައިދޫ ކުޅުންތެރިން އުފާފާޅުކުރަނީ
ފޯކައިދޫ ކުޅުންތެރިން އުފާފާޅުކުރަނީ
ފޭސްބުކް
ޗެރިޓީ ޝިލްޑް 2019
ޗެރިޓީ ޝިލްޑް: އަމިއްލަ ދަނޑުގައި ފޯކައިދޫއިން ޓީސީ ހިފަހައްޓައިފި
ޓީސީ އާއި ފޯކައިދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ކުޅުނު "ޗެރިޓީ ޝިލްޑް" މެޗުގެ ފުރަތަމަ ލެގުގައި ށ. ފޯކައިދޫ އިން ޓީސީ ސްޕޯޓްސް ކްލަބް ހިފަހައްޓައިފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ފޯކައިދޫ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓީސީންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 65 ވަނަ މިނެޓުގައި އިސްމާއިލް އީސާއެވެ.

ނަމަވެސް 88 ވަނަ މިނެޓުގައި ފޯކައިދޫއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ހުސެއިން ފަޒީލްއެވެ.

މެޗުގައި ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބު އަދި ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރުއަށް ނުކުޅެވެއެވެ. މި ދެ ކުޅުންތެރިންނަށް ނުކުޅެވުނީ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) ކަންތައްތައް ހަމަނުޖެހި ހުރުމުންނެވެ.

އެހެން އަހަރުތަކާ ހިލާފަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޗެރިޓީ ޝިލްޑް މެޗުގައި ޓީސީ އާއި ފޯކައިދޫ ބައްދަލުކުރާ ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު މާލޭގައެވެ. ފުރަތަމަ ޑިވިޝަންގެ މެޗެއް އެންމެ ފަހުން އަތޮޅު ތެރޭގައި ކުޅުނީ 2015 ވަނަ އަހަރެވެ. އެ ފަހަރު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ހދ. ކުޅުދުއްފުއްޓާއި، ސ. ހިތަދޫގައެވެ.

މިދިޔަ އަހަރުގެ ޗެރިޓީ ޝިލްޑް މެޗު އެފްއޭއެމުން ނުބާއްވައެވެ. އެންމެ ފަހުން ޗެރިޓީ ޝިލްޑް ކާމިޔާބުކުރީ 2017 ވަނަ އަހަރު، 0-1 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށް މާޒިޔާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް