Advertisement
ކ. މާލެ
|
7 ޖޫން 2019 | ހުކުރު 12:27
ޖަލުގެ ގައިދިންތަކެއް
ޖަލުގެ ގައިދިންތަކެއް
ޓްވިޓަރ
ގައިދީންގެ އަދަބު ލުއިކުރުން
މައާފު ނުދޭ ގައިދީއަކު މިނިވަންވި މައްސަލައެއް ބަލަނީ
ގައިދީ މިވަގުތު ހުރީ ތަހުގީގުގެ ބޭނުމަށް ބަންދުކުރެވިފައި

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މައާފުނުދެއްވާ ގައިދީއަކު މިނިވަންވި މައްސަލައެއް ބަލަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ރައީސް އަދަބު ލުއިކޮށްނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލާފައިވާކަމަށް މިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބެލުމަށް މިނިސްޓަރު އިމްރާން އަންގަވާފައިވާތީ އެކަން ހިނގައިދިޔަގޮތް ބަލާފައިވާ ކަމަށެވެ.

Advertisement

ހޯމް މިނިސްޓްރީން ބުނީ އެމައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށާއި އެކަމުގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށްވެސް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

ގަވާއިދާ ޚިލާފަށް މިނިވަންވި ގައިދީ މިވަގުތު ހުރީ ތަހުގީގުގެ ބޭނުމަށް ބަންދުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
7 ޖޫން 2019 | ހުކުރު 13:29
ޢަހްމަދު
ޙޫމް ދެން ތި މީހާ ދޫކޮށްލަން ޗިޓް ލިޔުނު ސެކެޓްރީ ވަޒީފާއިން ވަކިކުރޭ، އެ ޗެކުކޮށް ސޮއިކުރި ވެރިމީހާގެ އެއްވެސް ކުށެއް ނެތް މީ މިހާރުވެސް ކަރެކްޝަންއިން ކަންތައް ކޮއްފައިވާ ގޮތަކީ އެތާގެ ޖޫނިއަރ ސްޓާރފުންނަކީ އަޅުން.... ބަލާތި މިފަހަރުވެސް މިނޫންގޮތަކަށް ކަން ހިގާތޯ