Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 08:44
އަހުމަދު ނާޝިދު: އަދީބު ބޭރުކުރުމަށް ވޯޓު ދެއްވާފައިވޭ
އަހުމަދު ނާޝިދު: އަދީބު ބޭރުކުރުމަށް ވޯޓު ދެއްވާފައިވޭ
ގޫގުލް
ނާޝިދު
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
ރައްޔިތުންގެ ނުތަނަވަސްކަން ފިލުވާލުމަށް ސަރުކާރުން އެކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލަން

އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓަކީ ނައިބު ރައީސް އަހުމަދު އަދީބު ބޭރުކުރަން ދިން ވޯޓު ކަމަށާއި އެވޯޓު އެގޮތައް ދެވުނީތީ އުފާ ކުރައްވާ ކަމަށް ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެ އެވެ.

އޭނާ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެްނަބރެއްގެ ހައިސިއްޔަތުން އޭނާ ދާއިރާ ތަމްސީލް ކުރުމުގަ އާއި ވޯޓް ދިނުމުގައި ޢަމަލުކު ކުރަމުންދާނީ ޤާނޫން އަސާސާސީގެ 75 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނާޝިދު ވިދާޅުވީ އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް އޭނާ ހަމައެކަނި ދީފައިވާ ވޯޓަކީ ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަޤާމުން ވަކިކުރުމަށް ދީފައިވާ ވޯޓު ކަމަށެވެ. އަދި އެވޯޓް އެގޮތައް ދެވިފައިވާތީ މިއަދުވެސް ފަޚުރުވެރިވާ ކަމަށާއި އެހެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަހުމަދު އަދީބާ މެދު ކުރެވުނު ތުހުމަތުތަކާއި އެމައްސަލައާ ގުޅިގެން ހިންގުނު ތަހުގީގްތަކުން ފެންމަތިވެފައިވާ ކަންތައްތަކަކީ އެފަދަ މަޤާމަކުން އޭނާ ވަކިކުރަން ޖެހޭފަދަ ކަންތައްތަކެއްކަމުގައި އޭނާގެ ޟަމީރު މިއަދު ވެސް ޤަބޫލު ކުރާތީ ކަމަށެވެ.

ފ. އަތޮޅު ވިއްކަން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން އެ ބަޔާނުގައި ނާޝިދު ވިދާޅުވީ، ގާނޫނު އަސާސީގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ނަމަ، ފ. އަތޮޅުގައި ސަރުކާރުން ހިންގާނެ ޕްރޮޖެކްޓަކީ މުހިންމު ޕްރޮޖެކްޓަކަށްވާނެ ކަމަށެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެނައި ދެ ވަނަ އިސްލާހުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ބޮޑެތި އިންވެސްޓްމެންޓްތަކުގައި އަމަލުކުރަންވީ ގޮތް ގާނޫނު އަސާސީއަށް އިތުރުކުރި 15 ވަނަ ބާބުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި އެގޮތުން ވަނީ ހާލަތެއް ފިޔަވައި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަޔަ އެނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް އެ ބާބުގައި ވާކަމަށެވެ.

އޭގެ އިތުރުން އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ އިންވެސްޓްމެންޓަކީ މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ވުމުގެ އިތުރުން، އެ އިންވެސްޓްމެންޓްގައި ހިމެނޭ ބިމަކީ 70 ޕަސެންޓް އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަކަށް ވާންޖެހޭ ކަމަށާއި އަދި އެފަދަ ޕްރޮޖެކްޓަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާއްސަ ގާނޫނަކުން ހުއްދަ ދެވިފައިވާ އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ދައުލަތުގެ ބާރު ފުރިހަމައަށް އެތަނަކަށް ހިނގަންޖެހޭނެ ކަމަށް ވެސް ނާޝިދު ވިދާޅުވެފައި ވެއެވެ.

ނާޝިދުގެ ބަޔާނުގައި ބުނީ، "ސަރުކާރުން ހިންގުމަށް ޝައުގުވެރިވެފައިވާ" އިންވެސްޓްމެންޓާ ގުޅިގެން މަޖިލީހުގެ ކޮމިޓީގައި، އެ މަޝްރޫއަކީ އޭގެ ޒާތައް ބަލާއިރު ގާނޫނާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓެއް ނަމަ ރަނގަޅު ޕްރޮޖެކްޓަކަށް ވާނެ ކަމަށާއި އޭގެ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.

ނާޝިދު ވިދާޅުވީ، އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެހެނިހެން ފަރާތްތަކުން ނާޝިދު ފާޅުކޮށްފައިވާ ހިޔާލުތަކާއި ދައްކާފައިވާ ވާހަކަތަކުގެ އަސްލު އޮޅޭ ގޮތަށް މައުލޫމާތު ފަތުރައި އޭނާއަށް ހުތުރުބަހުން މުއާމަލާތް ކުރަމުން ގެންދާތީ އެކަމަކީ މިނިވަން ދިމިގްރާދީ ނިޒާމެއްގައި ކަން އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.

ނާޝިދު ވިދާޅުވީ ޕްރޮޖެކްޓްގެ ވާހަކަތަކާ ގުޅިގެން ފެތުރިފައިވާ ހަބަރުތަކާ ގުޅިގެން ރައްޔިތުންގެ ނުތަނަވަސްކަން ފިލުވާލުމަށް ސަރުކާރުން އެކަމުގެ ހަގީގަތް ހާމަކުރުމަށް އެދިލައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް