Advertisement
ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 16:08
ހޯރަފުށި ޕޮލިސް ސްޓޭޝަން
ހޯރަފުށި ޕޮލިސް ސްޓޭޝަން
މެޕިއޯ
ހއ. ހޯރަފުށި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއް

ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވަތަކެއްޗާއެކު އެރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅަކާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ބައެއް އާލަތްތަކާއެކު ކަމަށެވެ.

Advertisement

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ފުލުހުންވެސް އަންނަނީ އެފަދަ ފަރާތްތައް އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނިމުނު ދުވަސްތަކުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފަރިކުރާ "ބޮޑުންތަކެއް" ވަނީ އަތުލައިގަނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ޖޫން 2019 | ހުކުރު 16:49
ރުުކުުބެ
ނަން ހާމަ ނުކުރަނީ ކީއްވެތަ... ތިއީއޭ ކަލޭމެންގެ މައްސަލައަކީ...