Advertisement
ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 12:05
ފ ބިލެއްދޫ ބަނދަރު
ފ ބިލެއްދޫ ބަނދަރު
ރާއްޖެއެމްވީ
ބިލެއްދޫ ބަނދަރު ބޭރު ތޮށިގަނޑު ހަލާކުވުން
ކޮޅިގަނޑެއްގައި ބިލެއްދޫ ބަނދަރު ތޮށީގެ ބޮޑު ބައެއް ވެއްޓި ހަލާކުވެއްޖެ
ބަނދަރު ތޮށީގެ ގާތްގަނޑަކަށް 100 ފޫޓަށްވުރެ ބޮޑު ބައެއް ވެއްޓި ހަލާކުވެފައިވޭ
ބޭރު ތޮށި ވެއްޓިފައި އޮތުމުގެ ސަބަބުން ބަނދަރު ތެރެއަށް ރާޅުއަރަމުންދޭ
އަވަސް ހައްލެއް ނުލިބިއްޖެނަމަ ބަނދަރު ބޭނުން ނުކުރެވޭ ހިސާބަށް ހަލާކުވެދާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައި ކޮޅިގަނޑެއްގައި ފ. ބިލެއްދޫ ބަނދަރު ތޮށިގަނޑުގެ ބޮޑު ބައެއް ވެއްޓި ހަލާކުވެއްޖެއެވެ.

Advertisement

އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ބިލެއްދޫ ކައުންސިލުގެ ރައީސް އިހުސާން ވިދާޅުވީ ބޯކޮށް ވާރޭ ވެހި، ވައި ގަދަވުމުގެ ސަބަބުންނާއި ކަނޑުގަދަވުމުގެ ސަބަބުން ބިލެއްދޫ ބަނދަރު ތޮށީގެ ގާތްގަނޑަކަށް 100 ފޫޓަށް ވުރެ ބޮޑު ބައެއް ވެއްޓި ހަލާކުވެފައިވާ ކަމަށާއި، ބޭރު ތޮށި ވެއްޓިފައި އޮތުމުގެ ސަބަބުން ބަނދަރު ތެރެއަށް ރާޅުއަރަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ބަނދަރު ތެރޭގައި ހުރި އޮޑިދޯނިފަހަރަށް ގެއްލުންވެ ބަނދަރު ބޭނުން ނުކުރެވޭވަރު ވަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ބިިލެއްދޫ ބަނދަރު ތޮށިގަނޑު ހަލާކުވެ ފެންބޮޑުވެފައި

އިހުސާން އިތުރަށް ވިދާޅުވީ، މި މައްސަލަ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި، އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ބިލެއްދޫ ރައްޔިތުންނަށް ބަނދަރު ބޭނުން ނުކުރެވޭ ހިސާބަށް ހަލާކުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ހުޅަނގު މޫސުން ވެސް ފެށިފައިވުމާ އެކު، މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ބަނދަރަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެރަށު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ކައުންސިލުންނާއި ބިލެއްދޫ ރައްޔިތުން އެދެނީ އަދުގެ ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް، އަދި މިކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތަކަށްވާ އިރު، ކޮންމެ ވެރިކަމެއްގައި ވެސް ބިލެއްދޫ ބަނދަރު މައްސަލަ ހައްލުކޮށް އިތުރު ތަރައްޤީ ލިބޭނެ މަގު ވެރިކަމުގެ ދައުރު ނިމިގެންދާއިރު ވެސް ލިބޭވަރެއް ނުވޭ، މިއީ ރައްޔިތުންނާ މި ކައުންސިލުން ވެސް ނުހަނު ހިތާމަކުރާ ކަމެއް، އަދި މިއަދުގެ ސަރުކާރަށް ކައުންސިލުންނާއި މި ރަށުގެ ރައްޔިތުން ގޮވާލަނީ މިކަމަށް ދާއިމީ ހައްލެއް ވީ އެންމެ އަވަހަކަށް ލިބިގެންދާނެ ގޮތަކަށް މިކަން ހައްލުކޮށްދެއްވުމަށް،"
ބިލެއްދޫ ކައުންސިލުގެ ރައީސް، އިހުސާން
ބިލެއްދޫ ބަނދަރު ތޮށި ވެއްޓިފައި

އާބާދީގައި ގާތްގަނޑަކަށް 1346 މީހުން ދިރިއުޅޭ ބިލެއްދޫގެ ބަނދަރު ހަލާކުވެފައި ވުމުގެ ސަބަބުން އެރަށަށް ލަފާ ފުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ވެސް ފާހަގަކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް