Advertisement
ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 04:19
ފޮށިން ވަގަށްނެގި ފައިސާ ފުލުހުން ހޯދާފައި
ފޮށިން ވަގަށްނެގި ފައިސާ ފުލުހުން ހޯދާފައި
ޕޮލިސް
ވައްކަން ކުރުން
ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހާ ހައްޔަރު ކޮށްފި
ވަގަށް ނެގި ފައިސާ ވަނީ ހޯދާފައި
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން

ތ ތިމަރަފުށީގައި ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހު ކުރި މިވައްކަމުގެ ރިޕޯޓް ލިބުމާއެކު، ކުރިއަށް ގެންދިޔަ ތަހުގީގުގުން އެފައިސާ ހޯދާ ބުދަ ދުވަހު ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

ފޮށި ފަޅާލައި ވަގަށް ނަގާފައިވަނީ 2،785 ރުފިޔާއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް