Advertisement
ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 04:19
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ރައީސް އޮފީސް
ހަޔަރ އެޑިޔުކޭޝަން
މަތީ ތައުލީމާއި، ތަމްރީނު ލޯނުގެ ހުސް ޖާގައަށް މިމަހު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ: ހަޔަރ އެޑިޔުކޭޝަން
މިމަހު ހުޅުވާލަނީ މާރިޗު ގައި އިއުލާން ކުރި ލޯނަށް ކުރިމަތިލުމަށް
ލޯނަށް ހޮވުނު ފަރާތްތަކުގެ މައުލޫމާތު ވެބްސައިޓްގައި އާންމުކުރެވިފައި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މާރިޗު ގައި އިއުލާން ކުރި މަތީ ތައުލީމާ ތަމްރީނު ލޯނަށް ކަނޑައެޅުނު ޖާގައިގެ ތެރެއިން ހުސް ޖާގައަށް މިމަހު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމިނިސްޓްރީ ބުނެފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ 21 މާރިޗުގައި އިއުލާން ކުރެވުނު 242 ޖާގައިގެ މަތީ ތައުލީމާ ތަމްރީނުގެ ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވުނު ފަރާތްތަކުގެ މައުލޫމާތު ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި މިނިސްޓްރީ ވެބްސައިޓުގައި ޝާއިރުކުރެވިފައިވާ ކަމަށެވެ. ހަޔަރ އެޑިޔުކޭޝަނުން ބުނީ ލޯނުގެ މުއްދަތު އޭޕްރީލް މަހުގެ 4 ގައި ހަމަވެ މަސައްކަތުގެ 20 ދުވަހުގެ ތެރޭގައި ލޯނު ލިބޭ ދަރިވަރުންގެ މައުލޫމާތު ހާމަކުރުމުގެ މަގުސަދަކީ ލޯނަށް ހޮވި ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް އަވަސް ފުރުސަތެއްގައި ކިޔެވޭނެގޮތް މަގުފަހިވެގެން ދިއުން ކަމަށެވެ.

Advertisement

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ ލޯނަށް ނުހޮވުނު ދަރިވަރުން ނުހޮވުނު ސަބަބާއި، ލޯނަށް ހޮވުނު ދަރިވަރުންނަށް ލިބުނު ޕޮއެންޓްތަކުގެ ތަފްސީލު މިނިސްޓްރީގެ ވެބްސައިޓުގައި މިމަހުގެ 9 ވާ އާދިއްތަ ޝާއިއު ކުރެވޭނެކަމަށާއި، މިލޯނު ސްކީމާއި ގުޅޭ އިތުރު މައުލޫމާތު މިއަންނަ އާދިއްތަ އަދި ހޯމަ ދުވަހުގެ 13:00 އިން 14:00 އަށް ޓްވިޓަރ އަދި ފޭސްބުކްއިން މެސެޖް މެދުވެރިކޮށް ދަރިވަރުންނަށް ހޯދޭނެ ކަމެވެ.

21 މާރިޗުގައި އިއުލާންކުރެވުނު ލޯނު ފުރުސަތު ތެރެއިން ކަނޑައެޅުނު ޖާގައިގެ ތެރެއިން ހުސް ޖާގައަށް، މިޖޫން މަހުގެ 20 ވަނަ ދުވަހު އާ ބުރެއް އިއުލާން ކުރެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް