Advertisement
ކ. މާލެ
|
5 ޖޫން 2019 | ބުދަ 14:22
މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ނަރެންދްރާ މޯދީ
މޯދީ ތަގްރީރު ކުރައްވާ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ!
އެންމެ ފުރަތަމަ އޮންނާނީ މޯދީއަށް މަޖިލީހުގެ ރައީސް މަރުހަބާ ދެންނެވުން
ޖަލްސާ ފެށުމަށް ހަމަޖައްސާފައި ވަނީ 18:45 ގައި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވާ ޖަލްސާ ހޮނިހިރު ދުވަހު އިރު އޮއްސި 06:45 ގައި ބާއްވާ ގޮތަށް އެޖެންޑާ ކޮށްފިއެވެ.

މޯދީ ތަގްރީރް ކުރައްވާ ޖަލްސާ 6:45 ގައި ފެށުމަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ އޮންނާނީ މޯދީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދެންނެވުމެވެ. އެމަނިކުފާނު މަޖިލީހުގެ މެމްބަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާން ހަމަޖެހިފައިވާނީ އޭގެ ފަހުންނެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާ އިން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 29 މެއިގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Advertisement

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ތަގްރީރް ކުރެއްވުމުގެ ފުރުސަތު ގައުމުތަކުން އަރުވަނީ، އެ ގައުމަކުން އެ މެހްމާނަކަށް ދެވޭނެ އެންމެ މަތީ ޝަރަފު އެރުވުމުގެ ގޮތުންނެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މޯދީ ފުރައިވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާ އަށެވެ.

މޯދީ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ޖަލްސާ އަށް ވެސް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖޫން 2019 | ބުދަ 14:35
ތަގްރީރު
އެރޭ ޢިޝާނަމާދައް ވަޤުތަށް ދާން ބޭނުން ބަޔަކަށް މޯދީ ހުރަހެއް ނާޅުއްވާނެ !