Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 19:14
މާފަންނުގައި އީދު ދުވަހު ބޭއްވި ޘަގާފީ އީދު ކުޅިވަރު
މާފަންނުގައި އީދު ދުވަހު ބޭއްވި ޘަގާފީ އީދު ކުޅިވަރު
ޝުއައިބް މުހައްމަދު އިގްބާލް
އީދު ކުޅިވަރު
މާލޭ މަގުމަތިން ތަފާތު މަންޒަރެއް، އެންމެންގެ މޫނު މަތިން ހިނިތުންވުން
ޕެރޭޑް ބެލުމަށްޓަކައި ގިނަ އަދަދެއްގެ މީހުންނާއި ތުއްތު ކުދިން ވަނީ މަގުތަކަށް ޖަމާވެފައި

ފިތުރު އީދު ފާހަގަ ކުރުމަށް މާލޭގައި ޘަޤާފީ އީދު ކުޅިވަރުގެ ހަރާކާތްތަކެއް ބާއްވައިފި އެވެ.

މާފަންނު ހުޅަނގާއި، ދެކުނު އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ހަރާކާތް ފަށާފައި ވަނީ އީދު ދުވަހު ހަވީރު 4:30 ގައި ރަސްފަންނު ސަރަހައްދުންނެވެ.

މި ހަރާކާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިފަދަ ހަރާކާތެއް ބޭއްވުމުގެ ބޭނުމަކީ ޖަޒީރާ ސަރުކާރެއް އައުމާއި ގުޅިގެން ފުރަތަމަ ފަހަށް އައި އީދު ޖަޒީރާވަންތަ ގޮތަކަށް ފާހަގަކުރުން ކަމަށެވެ. އަދި މިއީ ޘަގާފީ ކުޅިވަރު ދިރުވާ އާލާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރާކާތެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މާފަންނުގެ ބައެއް މަގުތަކުގައި ކުރިއަށް ދިޔަ މި ޕްރޭޑްގައި ޘަގާފީ ބޮޑުބެރާއި، ތާފާތު ފަން މާލިތައް ވަނީ ފެނިގެން ގޮސްފައެވެ.

Advertisement

މާލެއިން އާންމުކޮށް ނުފެންން މި ޕެރޭޑް ބެލުމަށްޓަކައި ގިނަ އަދަދެއްގެ މީހުންނާއި ތުއްތު ކުދިން ވަނީ މަގުތަކަށް ޖަމާވެފައެވެ. ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިއޮތް ވަގުތުގައި ކުރިއަށްގެންދިޔަ އެ އީދު ކުޅިވަރުތައް ބަލާލުމަށް އެތަށް ހާސް ބަޔަކު މަގުތަކަސް ނިކުމެ ތިބި އެވެ.

އެއީ މީގެކުރީގެ އީދުތަކުގައި މާލޭގަ މަގުތައް މަތިން ފެނިގެންގޮސްފައިވާ މަންޒަރެއް ނޫނެވެ. އެންމެންގެ މޫނުމަތިންވެސް ފެނިގެންގޮސްފައިވަނީ ހިނިތުންވުމެވެ. އުފަލާއެކުގައި އީދު ކުޅިވަރުތަކުގައި ބައިވެރިވަމުންނެވެ.

ހަރަކާތްތައް އިންތިޒާމް ކުރި ފަރާތުން ބުނީ މޫސުން ތަންދޭނަމަ އީދު ދުވަހުގެ ރޭވެސް 9:00 ގައި މާފަންނުނުގައި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުން އަދި ޑަބިޔާ ޖެހުމުގެ އިތުރުންވެސް ގިނަ ބަޔަކު ޝައުގުވެރިވާ ސަގާފީ ކުޅިވަރުތައް ކުޅުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ޖޫން 2019 | އަންގާރަ 19:26
އ. ޖ. އ
ޖަޒީރާ ދިރިއުޅުމާއި ގާތް ވެސް ނުވޭ