Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 17:15
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
3 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހަކު ކޯޓުން ދޫކޮށްލައިފި
ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއް

ހުޅުމާލެގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓަށް ހަޒިރުކުރުމުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހޯމަ ދުވަހުގެރޭ 03:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަސުން ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރިކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ބަލާފާސްކޮށް، ދެ މީހުންވެސް ހައްޔަރުކުރީ ހުޅުމަލެ ކޯޓުގެ އަމުރުގެ ދަށުން ކަމަށެވެ.

Advertisement

އެއަށްފަހު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތުޖެހުމަށް ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރިމުން، ބަންދުގެ މުއްދަތު ނުދީ، ކޯޓުން ދދެ މީހުންވެސް ދޫކޮށްލަފައިވާކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ބޮޑެތި ކުރިއެރުންތަކެއް ދަނީ ހޯދަމުންނެވެ. އެގޮތުން ނިމުނު ދެ މަސް ދުވަހުގެ ތެރޭގައިވެސް އެ ވިޔަފާރިކުރާ ގިނަ އަދަދެއްގެ ފަރާތްތަކެއް އަތުލައިގަނެ، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ނަމަވެސް އެ މައްސަލަތަކުގައި ހައްޔަރުކުރާ ގިނަ މީހުން ކޯޓުން ދޫކޮށްލަމުންގެންދާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
4 ޖޫން 2019 | އަންގާރަ 17:47
އަވެލިކޮޅުވެސް
އީދައް ގެނައި އަވެލިކޮޅުވެސް އަތުލީވިއްޔަ! ބޮޑުވަރު