Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 17:04
ރައީސް މައުމޫން އަބްދުއްޤައްޔޫމް
ރައީސް މައުމޫން އަބްދުއްޤައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
އެކި ޤައުމުތަކުގައި އެކި ދުވަހު އީދު ފާހަގަކުރާތީ ރައީސް މައުމޫންގެ ކަންބޮޑުވުން
މީގެކުރިން ބާއްވާފައިވާ އިސްލާމީ ޤައުމުތަކުގެ ކަމާއިބެހޭ މާހިރުންގެ ޖަލްސާތަކުގައި ވަނީ ރަމަޟާން މަސް ފެށޭ ދުވަހާއި، ފިތުރު އީދު ދުވަހާއިި، ހައްޖު ދުވަސް ހުރިހާ އިސްލާމީ ޤައުމުތަކުގައިވެސް އެއް ދުވަހު

މުސްލިމް އެކި ޤައުމުތަކުގައި އެކި ދުވަހު އީދު ފާހަގަކުރާތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފިތުރު އީދުގެ ތަހުނިޔާތައް ހުރިހާ ރައްޔިތުންނަށް ފޮނުއްވައި، ރައީސް މައުމޫން އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ މި އީދުވެސް ދިމާވީ އެކި ޤައުމުތަކުގައި އެކި ދުވަހު އީދު ފާހަގަކުރާ ގޮތަށް ކަމަށެވެ. އަދި އެއީ އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި ވަރަށް ދެރަކަމެއްކަމަށް ވިދާޅުވި އެވެ.

Advertisement

ރައީސް މައުމޫން ވިދާޅުވީ މީގެކުރިން ބާއްވާފައިވާ އިސްލާމީ ޤައުމުތަކުގެ ކަމާއިބެހޭ މާހިރުންގެ ޖަލްސާތަކުގައި ވަނީ ރަމަޟާން މަސް ފެށޭ ދުވަހާއި، ފިތުރު އީދު ދުވަހާއިި، ހައްޖު ދުވަސް ހުރިހާ އިސްލާމީ ޤައުމުތަކުގައިވެސް އެއް ދުވަހު ފާހަގަކުރާގޮތަށް ފާސްކޮށްފައިކަަމަށެވެ. އަދި އެ ފާސްކުރި ފާސްކުރުމާއި އެއްގޮތަށް އަމަލު ނުކުރެވެންވީގޮތެއް އެނގިވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ހުރިހާ މުސްލިމް ޤައުމެއްގައި އީދު އެއް ދުވަހެއްގައި ފާހަގަކުރުމަށް ހުރަސްއަޅާ ޝަރުއީ ސަބަބެއް އޮތްކަމަށް އެއްވެސް ފަރާތަކުން ބުނެފަ ނުވާކަމަށެވެ.

މުސްލިމް ބައެއް ޤައުމުތަކަށް ހަނދު ފެނިފައިނުވާތީވެ، އީދު ދުވަސްކަމަށް އެ ޤައުމުުތަކުން ކަނޑައަޅާފައިވަނީ ބުދަ ދުވަސް އެވެ. ނަމަވެސް ބައެއް ބޮޑެތި މުސްލިމް ޤައުމުތަކުން އަންނަނީ މިއަދަކީ އީދު ދުވަސް ގޮތުގައި ފާހަގަކުރަމުންނެވެ. އެގޮތުން މިއަދަކީ އީދު ދުވަސްގެ ގޮތުގައިި ފާހަގަކުރަމުން އަންނަ ބައެއް ބޮޑެތި މުސްލިމް ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ކުވައިތު، ގަތަރު، ޔޫއޭއީ ހިމެނެ އެވެ.

ބުދަ ދުވަހަކީ ފިތުރު އީދުކަމަށް ކަނޑައަޅާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ، ޖަޕާން، މެލޭޝިޔާ، ތައިލެންޑް، ޕާކިސްތާން އަދި އޮސްޓްރޭލިއާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް
5 ޖޫން 2019 | ބުދަ 01:18
ދިވެހިރައްޔިތުންގެ,
ތިހުރީކިޔެވިފަ ނުޖޫމީއިލްމު
4 ޖޫން 2019 | އަންގާރަ 23:43
އައިމިނާ
އެބައޮތްދޯ އެވާހަކަ އަސްލު ސުރުޚީބަލާފަ ކޮމެންޓް މިކުރީ ފަހުން މި ކިޔާލީ.
4 ޖޫން 2019 | އަންގާރަ 23:41
އައިމިނާ
ހައްޖު ދުވަހަކީ ދުނިޔޭގެ ހުރިހާމުސްލިމުންނަށްވެސް އެއްދުވަހެއް. ދެންކީއްވެބާ އީދުދުވަސްތަފާތުމިވަނީ؟؟؟؟