Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 16:22
ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދައުވަތު އަރުވަނީ
ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދައުވަތު އަރުވަނީ
ފޮރިން މިނިސްޓްރީ
ޔޫއެންޑަބްލިއުޓީއޯ
ޔޫއެންޑަބްލިއުޓީއޯ ސައުތު އޭޝިއާގެ ޗެއަރ އަކަށް ދިވެހިރާއްޖެ!
އެންމެފަހުން ދިވެހިރާއްޖެ މި ކޮމިޝަންގެ ޗެއަރގެ މަޤާމު އަދާކޮށްފައިވަނީ 1995 އިން 1997 ހިނގި ދައުރުގައި

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާ، ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ އިސް ގުނަވަންކަމަށްވާ ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޯ ސައުތު އޭޝިޔާގެ ޗެއަރގެ މަޤާމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެއެވެ.

އެންމެފަހުން ދިވެހިރާއްޖެ މި ކޮމިޝަންގެ ޗެއަރގެ މަޤާމު އަދާކޮށްފައިވަނީ 1995 އިން 1997 ހިނގި ދައުރުގައެވެ.

Advertisement

ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޯ ސައުތުއޭޝިއާގައި ހިމެނެނީ ނުވަ މެންބަރު ގައުމެވެ. އެއީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، އިރާން، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ބޮޑަށް ޓޫރިޒަމް ފުޅާވާ ޤައުމަކީ ދިވެހިރާއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަކުވެސް ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ އެތަށް ގުނައެއް ކުރިއަރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން، އައު ޓޫރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ވަޑައިގެންނެވުމަށްފަހު އޭނާ ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެގެ އިސްތިހާރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 13 އަހަރަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އައީ މި އަހަރުގެ އޭޕްރިލް މަހު އެވެ. އެއީ ސުނާމީ އަށް ފަހު 2000ގެ އަހަރުތަކުގައި އައި ޓޫރިސްޓް އިތުރުވުމަށް ފަހު އައި އެންމެ ބޮޑު އިތުރުވުންކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 539،816 ޓޫރިސްޓުން އައިސްފައިވާ އިރު، ޓޫރިސްޓުން އެންމެ ގިނައިން އައިސްފައި ވަނީ މިދިޔަ ދެ މަހެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާ އިރު މި އަހަރުގެ ޖެނުއަރީ އިން އޭޕްރިލް މަހަށް 19 ޕަސެންޓުގެ އިތުރުވުމެއް ފެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް