Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 14:33
އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ)
އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ)
ރާއްޖެއެމްވީ
ދަރުމަަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލްގެ ލޮބީ ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަކަށް ނޫން: ސަލީމް
"ލޮބީ" ހިޔާކޮށް ބިއްލޫރި ޖަހަންޖެހޭ ކަމަށް ވިދާޅުވި
އިމާރާތުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި
ރޭޑިއޭޝަން ލީކްވުމުގެ މައްސަލައެއް ވެސް ވަނީ ފާހަގަކުރެވިފައި

ދަރުމަވަންތަ ހޮސްޕިޓަލްގެ ލޮބީ ސަރަހައްދު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މޫސުމާ ގުޅޭ ގޮތަށް ނޫން ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ސަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ލޮބީ ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ކަންކަމަށް ރިއާޔަތްނުކޮށް ކަމަށާއި ލޮބީ ސަރަހައްދު ހިޔާ ކޮށްފައި ނުވާ ކަމަށެވެ..

Advertisement

ރާއްޖެއަކީ ހުޅަނގު މޫސުމުގައި ބާރަށް ވައިޖެހޭ ގައުމަކަށްވާއިރު، ލޮބީ ސަރަހައްދު ހިޔާނުކޮށް އޮވެއްޖެ ނަމަ ވިއްސާރަ މޫސުމުގައި ހޮސްޕިޓަލްގެ ލޮބީ ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ހުޅަނގު މޫސުމްގައި ވައިޖެހޭއިރު ލޮބީ ކަވަރނުކޮށް ހުރެފިއްޔާމު އާއްމުންނަށް އެތާ ތިބެ ލޮބީއެއްގެ ސިފައިގައި ބޭނުންކުރަން ދަތިތަކެއް ހުންނާނެ،"
ސީއީއޯ ސަލީމް

އެހެންކަމުން ލޮބީ މިހާރު ފަރުމާކޮށްފައިވާ ގޮތަށް ބަދަލުގެނެސް، އެތަނުގައި ބިއްލޫރިޖަހަން ޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމަށް ވެސް އިތުރު ޚަރަދުތަކެއް ދާނެ ކަމަށެވެ.

އިމާރާތާ ހަވާލުވި ފަހުން އެ ނޫނަސް އިމާރާތަށް އެކި ބަދަލުތައް ގެންނަންޖެހިފައިވާ ކަން ސަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ހުރި ރޭޑިއޮލޮޖީ އިކުއިޕްމަންޓްތަކުން ރޭޑިއޭޝަން ލީކުވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކޮށް އެތަނުން ޚިދުމަތް ދޭން ދުވަސްތަކެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ހައްލުކޮށްދިނުމަށް ކޮންޓްރެކްޓަރ އަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް އެޅި އެންމެ އުސް އަދި އެންމެ އަގު ބޮޑު އިމާރާތް ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ އެވެ. އެ ކުންފުންޏާ އެ އިމާރާތް އެޅުމަށް ހަވާލުކުރީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ޖޫން، 5، 2016 ގައެވެ.

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލްތައް ދައްކުވައިދޭ ރަމްޒީ ބިނާއެއް ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

އެތަން ނިނުމު އިރު ކުރި ހޭދައާ އަޅާބަލާއިރު ބޮޑެތި މައްސަލަތަކެއް ހުރިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ. އެ ގޮތުން އެތަނަށް ގެނައި ބައެއް އިކުއިޕްމެންޓްތައް އިމާރާތަށް ނުވަނުމާއި ފިޓްނުވުމުގެ މައްސަލަތައް ފާހަގަކުރެވިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް