Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 13:43
ފުލުހުން މ. އެވަރެސްޓަށް ވަންނަން މަސައްކަތް ކުރަނީ
ފުލުހުން މ. އެވަރެސްޓަށް ވަންނަން މަސައްކަތް ކުރަނީ
ޕޮލިސް
މަސްތުވާތަކެތި
މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ދޭ ގެއަކުން 11 މީހަކު ހައްޔަރުކޮށްފި
ފުލުހުން ގެއަށް ވަދެފައިވަނީ ފާރު ތަޅާލައިގެން
ބަންގްލަދޭޝް ތިން މީހަކު ވަނީ ހައްޔަރު ކޮށްފައި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ދޭ ގެއަކުން 11 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހޯމަ ދުވަހު ކޯޓު އަމުރުގެ ދަށުން މ. އެވަރެސްޓް ބަލާފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ، 23 އަހަރާ 36 އަހަރާ ދެމެދުގެ އަށް ދިވެހި ފިރިހެނަކާ 23 އަހަރާ 30 އަހަރާ ދެމެދުގެ ބަންގްލަދޭޝް ތިން ފިރިހެނުންނެވެ. އެ ގެ ބަލައި ފާސްކުރިއރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅަފައި ހުރި ރަބަރު ޕެކެޓާ މަސްތުވާ ތަކެތި ކަމަށް ބެލޭވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސް ގަނޑެއް ފުލުހުން ވަނީ ހޯދާފައެވެ.

Advertisement

ފުލުހުން ބުނީ، އެ ގެއަށް ވަންނަން އުޅުމުން ފުލުހުންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުންނަށް ނުވަދެވޭ ގޮތަށް ހުރި ދަނގަޑު ތޭރި ދޮރުތައް ނަގައިފައިވާ ކަމަށެވެ. ފުލުހުން އެގެއަށް ވަދެފައިވަނީ އިތުރު ގޮތެއް ނެތިގެން ފާރު ތަޅާލައިގެންނެވެ.

މާލޭގައި ފުޅދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ހިދުމަތްދޭ ތަންތަން ގިނަވެފައިވާއިރު ދާދި ފަހުން ފުލުހުން ވަނީ މަސްތުވާތަކެތި މައްސަލައެއްގައި 37 މީހަކު ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް