Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 11:57
މާލެ- ހުޅުމާލޭ ބްރިޖުގައި ހިނގި އެކްސިޑެންޓުގެ ތެރެއިން
މާލެ- ހުޅުމާލޭ ބްރިޖުގައި ހިނގި އެކްސިޑެންޓުގެ ތެރެއިން
ޕޮލިސް
ބްރިޖުގައި އެކްސިޑެންޓެއް ހިނގުން
އެކްސިޑެންޓެއްގައި ބްރިޖުގެ ޑިވައިޑަރ އަނެއްކާ ވެސް ފުނޑާލައިފި، ވެހިކަލް ފިލައިފި
މި ހާދިސާ ފުލުހުންނަށް ރިޕޯރޓް ކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:15 ހާއިރު
ވެހިކަލް ޖެހުމުގެ ސަބަބުން ޑިވައިޑަރގެ ބޮޑު ބައެއް ހަލާކުވެފައިވޭ

މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެހިކަލަކުން ބްރިޖު ހައިވޭގެ ރޯޑް ޑިވައިޑަރތަކުގައި ޖެހި ފުނޑުފުނޑުވެފައިވާއިރު، އެ ވެހިކަލް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ހާދިސާ ފުލުހުންނަށް ރިޕޯރޓް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:15 ހާއިރު ކަމަށާއި، ވެހިކަލް ޖެހުމުގެ ސަބަބުން ޑިވައިޑަރގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި ވެހިކަލް މަޑުނުކޮށް ގޮސްފައިވާ ކަމަށާއި، އެ ވެހިކަލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން ދާއިރު، އެކްސިޑެންޓްވި ވެހިކަލްއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، އެކްސިޑެންޓް ވެފައިވަނީ ކާރެއް ކަމަށެވެ.

Advertisement

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ބްރިޖްގެ ޑިވައިޑަރތައް ހަލާކުވެފައި ވެއެވެ. އަދި ބްރިޖްގެ ހަލާކުވެފައިވާ ބައެއް އަދިވެސް ހުރީ މަރާމާތު ނުކޮށްކަން ފާހަގަކޮށްލެވެއެވެ.

މި ފަހަކަށް އައިސް އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހަރަކާތެއް މީސްމީޑިއާގައި ވެސް ވަނީ ފަށާފައެވެ. އެގޮތުން މި ވަރުގެ ގައުމެއްގައި މިހާ ވަރަށް އެކްސިޑެންޓްތައް ހިނގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނުރައްކާތެރި އެކްސިޑެންތްތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، މިފަދަ މަންޒަރުތަކަކީ ގަބޫލު ކުރާ އަދި ދެކެން ބޭނުންވާ ކަންކަން ނޫން ކަމަށް މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 ޖޫން 2019 | އަންގާރަ 13:05
އަޒީ
ހުރިހާވެސްކަމަކީ އެމް.ޑީ ޕީ ވެރިކަމަށް އަންނަންވެގެން މުޖުރިމުންނާއި ފުރާވަރު އުމުރުގެ ކުދިންނަށް ޝައިޠާނީ ވަސވާސްތައްދީގެން މަގުމައްޗަށް ނެރި ޤާނޫނުތހަކާއި ޤަވާއިދު ތަކަކީ ކިޔަމަންވާން ޖެހެޔ އެއްޗެއް ނޫންކަމާި ހަމައެކަނި އޮތީ ޙައްގު ހޯދުމުގެ ނަމުގާ ތިމާބޭނުންވާ ކޮންމެ ލިބިގަތުމަށް ޢުންމަތެއް މިއްލަތެއް ދީނެއް ޤާނޫނެއް ޤަވާއިދެއް ބެލުމެނެތި ހިތަށް އެރިހާކަމެއް ކުރަން ދަސްކޮށްދިނުން މިއަދު މިފެންނަނީ އެއިގެ ނަތީޖާ މަތިފަޑިން މިއަދު ފެންނަމުން ދަނީ ވަގުންނާއި ބަގުރާބޯމީހުންނާއ ޚިޔާނާތް ތެރިންނާއި މިނޫނަސް އެކިކަހަލަ ބޮޑު މުޖުރިމުން ހިތާމަހުރި ކަމެއް