Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 11:16
މާލޭގެ މަގެއްގެ މަތި
މާލޭގެ މަގެއްގެ މަތި
ރާއްޖެއެމްވީ
ވައްކަން
އީދު ނަމާދު ވަގުތު ގެއަކުން 60،000ރ. ވަގަށް ނަގައިފި
ވައްކަން ކޮށްފައިވަނީ މައްޗަންގޮޅި ގެއަކުން

ޢީދު ނަމާދަށް ދިޔަ ވަގުތާ ދިމާކޮށް މައްޗަންގޮޅި ގެއަކުން 60،000ރ. ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ 08:33 ހާއިރު ކަމަށެވެ. ފައިސާގެ އިތުރުން ފޯނެއް ވެސް ވަނީ ވަގަށް ނަގާފައެވެ. ފުލުުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

ފަހަކަށް އައިސް ވައްކަންތައް ވަނީ އިތުރުވެފައެވެ. ދާދި ފަހުން ފ. ދަރަބޫދޫގައި ދެމަފިރިއަކު ހައްޖަށް ދާން ރައްކާކޮށްފައި ހުރި ތިން ލައްކަ ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ރޯދަ މަހުގެ ތެރޭގައި ވެސް ވައްކަންތައް ވަނީ އިތުރުވެފައެވެ.

ޢީދު ބަންދަށް ރަށުން ބޭރަށް ދާއިރު ނުވަތަ ގޭގައި ނޫޅޭ ވަގުތުތަކުގައި ދޮރުތައް ރަނގަޅަށް ތަޅުލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް