Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 09:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ކުޑަ އީދު ތަހުނިޔާ
ކުޑައީދު ދުވަހަކީ ހުރިހާ މުސްލިމުންނަށް އުފާވެރި ދުވަހަކަށް ވުމަށް އެދެން: ރައީސް ނަޝީދު
ރައީސް ނަޝީދު ވަނީ ދުނިޔޭގެ ހުރިހާ މުސްލިމުންނަށް އީދުގެ ތަހުނިޔާ ފޮނުއްވާފައި

ދުނިޔޭގެ ކަންކޮޅުތަކުގެ ދިރިއުޅޭ ހުރިހާ މުސްލިމުންނަށް ވެސް ކުޑަ ޢީދު ދުވަހަކީ އުފާވެރި ދުވަހަކަށް ވުމަށް އިންތިހާއަށް އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ކުޑަ ޢީދު ދުވަހުގެ ތަހުނިޔާ ދުނިޔޭގެ ހުރިހާ މުސްލިމުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރަމުން ރައީސް ނަޝީދު ވިދާޅުވީ ޢީދު ދުވަސްތަކުގައި ދިވެހިން އަބަދު ވެސް ކުޅިވަރުތަކާއި މަޖާ ކުރުން ކުރިއަށް ގެންދާ ކަމަށާއި، މި ކުޑަ ޢީދު ދުވަހު ވެސް ރާއްޖޭގެ ރައްޔިތުން އީދު ކުޅިވަރުތައް ކުރިއަށް ގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ ފަށައިގެން އީދު ދުވަހު ކުޅިވަރުތަކާއި، އީދު ދުވަހުގެ މަޖާ ކުރިއަށް ގެންދޭ. އަޅުގަނޑަށް ޔަގީން ކަށަވަރު ، މި ކުޑައީދު ދުވަހުގައިވެސް ރާއްޖޭގެ ރައްޔިތުން އުފަލާއި އެކީގައި ކުރަމުންދާނެ ކަންކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް