Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 10:15
ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްުދުﷲ ވެސް ހިމެނިވަޑައިގަންނަވާ
ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްުދުﷲ ވެސް ހިމެނިވަޑައިގަންނަވާ
ޝުއައިބް މުހައްމަދު އިގްބާލް
ޖަލު އޮޑިޓް ރިޕޯޓް
ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ހިނގަމުންދޭތޯ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފި
ކޮމިޓީގައި ހިމެނެނީ ފަސް މެމްބަރުން
ކޮމިޓީ އެކުލަވައިލާފައި ވަނީ ހޯމަ ދުވަހު

ދިވެހިރާއްޖޭގެ ޖަލުގެ ހާލަތު ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލާފައިވާ ޖަލު އޮޑިޓް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ''ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019'' ގައި ފާހަގަކޮށްފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓްރީން ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ ހޯމަ ދުވަހު އެކުލަވައިލައިފިއެވެ.

ނިމިގެން ދިޔަ މޭ މަހުގެ 28 ވަަނަ ދުވަހު ނެރުނު 290 ސަފްހާގެ މައްޗަށް އެކުލެވޭ ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ފަދަ މައްސަލަތައް ހިމެނެއެެވެ.

ހޯމް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019' ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިޞްލާޙްކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިޞްލާޙްތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ އެކުލަވައިލާފައިވާ ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

1. އިމްރާން ޢަބްދުﷲ (ރިޔާސަތު)

Advertisement

2. އަލީ ނަޒީރު ( ހޯމް މިނިސްޓްރީ )

3. އަޙްމަދު މުހައްމަދުފުޅު (އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް)

4. މުޙައްމަދު އާޞިފް (ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް)

5. އިޒްމިއާ ޒާހިރު (ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް)

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހު ކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް