Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 09:23
އިސްލާމިކް މިނިސްޓްރީގައި ޒަކާތު ފައިސާ ބަލައިގަންނަނީ
އިސްލާމިކް މިނިސްޓްރީގައި ޒަކާތު ފައިސާ ބަލައިގަންނަނީ
ޝުއައިބް މުހައްމަދު އިގްބާލް
ފިތުރު ޒަކާތް
ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލއަނަށް ވުރެ ގިނަ ރުފިޔާ
މި އަދަދަކީ 1439 ވަނަ އަހަރާ އަޅަ ބަލާއިރު އެއްމިލިއަންގެ އިތުރު އަދަދެއް

ސާދަ ސަތޭކަ ސާޅިސް ވަނަ އަހަރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށް އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ދޫކުރަން ފަށާފައި ވަނީ ހޯމަ ދުވަހުއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ރަމަޝާން މަހުގެ އެކަކުން 28 ގެ ނިޔަލަށް ފިތުރުު ޒަކާތުގެ ގޮތުގައި ފައިސާގެ ގޮތުގައި 5،478،353.00 ( ފަސް މިލިއަން ހަތަރު ލައްކަ ހަތްދިހަ އަށްހާސް ތިންސަތޭކަ ފަންސާސް ތިން ރުފިޔާ) ވަނީ ލިބިފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި 1439 ވަނަ އަހަރާ 1440 ވަނަ އަހަރު ލިބުނު ފައިސާގެ ތަފާސް ހިސާބު ދައްކުވައިދޭ ޗާޓެއް

އެ އަދަދަކީ 1439 ވަނަ އަަހަރާ އަޅާއި ބަލާއިރު 1،221،858 ( އެއް މިލިއަން ދެލައްކަ އެކާވީސްހާސް އަށްސަތޭކަ ފަންސާސް އަށްހާސް ) އިތުރު އަދަދެކެވެ. ނިމިގެން ދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4،256،495.00 ( ހަތަރު މިލިއަން ދެލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ ނުވަ ދިހަ ފަސް ރުފިޔާ ) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް