Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 04:16
ފ،މަގޫދޫ
ފ،މަގޫދޫ
ގޫގުލް
ފ،މަގޫދޫ
މަގޫދޫ ކައުންސިލުން ގޯތި ދޫކުރުމަށް ކުރި އިއުލާނު ބާތިލުކޮށްފި
ގޯތި ލިބުނުކަމުގެ ލިއުމަށް ވަނީ ބަދަލުގެނެސްފައި
ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ އެ ހުއްދަ ބާތިލުކުރި ފަހުން

ފ.މަގޫދޫ ކައުންސިލުން ގޯތި ދޫކުރުމަށް ކުރި އިއުލާނު ބާތިލުކޮށް އަލުން ގޯތި ދޫކުރުމަށް އިއުލާނު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކައުންސިލަށް އަންގައިފިއެވެ.

އެސީސީން ބުނީ މަގޫދޫއިން ގޯތިދޫކުރުމާ ގުޅޭ ގޮތުން އެކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަހުގީގުކުރި ކުރުމުގައި ގޯތި ދިނުމަށް 2016 ވަނަ އަހަރުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބުނުކަމުގެ ލިޔުން 2017 ވަނަ އަހަރުގެ ތެރޭގައި އެފަރާތްތަކަށް ދޫކުރުމަށްފަހު އެ ނިންމުންތަކަށް މިހިނގާ 2019 ވަނަ އަހަރު ތެރޭގައި ވަނީ ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭސީސީން ބުނީ 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ބަދަލުގެނެސް ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައެޅުމުގެ ސަބަބުން އޭރު ގޯތި ލިބުނު ކަމަށް ލިޔުން ހަވާލުކުރެވުނު ބައެއް ފަރާތްތައް އަލުން އިއުލާންކުރި ލިސްޓުގައި ނުހިމެނި އެމީހުންގެ ބަދަލުގައި އެހެން ފަރާތްތަކެއް އެ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ތާރީޚު ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގެ ތެރެއިން މީހާގެ އުމުރާއި، ކާވެނިކުރި ތާރީޚާއި، ޝަރުޢީގޮތުން މީހަކު ނުވަތަ ކުއްޖަކު ބަލަންޖެހުނު ތާރީޚާއި، އެހެން ރަށެއްގައި ދިރިއުޅޭތާ ވީ ދުވަހުގެ މުއްދަތު ފަދަ ކަންކަމުގައި ތާރީޚު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހަޅަން ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚާ ހަމައަށް ކަމަށް ގޯތި ދިނުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ ގޯތި ދިނުމުގެ އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޕޮއިންޓް ދީފައިވާ ގޮތަށް އެންމެ ގިނަ ބަދަލުތަކެއް ގެނެސްފައިވަނީ އުމުރުގެ ބަޔަކަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތަކަށް އެ ބަދަލު ނުގެނެވޭނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

Advertisement

އޭސީސީން ބުނީ ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެފަހަރު ދީފައިވަނީ 24 މޭ 2016 ގައި ކަމަށްވެފައި، އެ ހުއްދަ ބާޠިލުކޮށްފައިވާކަން ވިދިގެން އައި ދުވަހު (25 މޭ 2016) އަންގާފައިވާއިރު، ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ 14 ޖުލައި 2016 ގައި ކަމަށްވާތީ، ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ އެ ހުއްދަ ބާތިލުކުރި ފަހުންކަމަށެވެ.

މީގެ އިތުރުން އޭސީސީން ބުނީ ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ ގޯއްޗަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ގޯތި ދޫކުރުމަށް އެކުލަވާލި ކޮމިޓީން ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ފަދައިން އެފަހަރު ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށްވެސް ބަދަލުތަކެއް އައިސްފައިވާނެތީއާއި، އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުންވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެގޮތަށް އަމަލުކުރާނަމަ އެކަން ކުރަންޖެހޭނީ ކުރިން ކުރި އިއުލާން ބާތިލުކުރުމަށްފަހު ގޯތި ދިނުމަށް އަލުން އިއުލާންކޮށްގެން ކަމަށް އޭސީސީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް