ފިތުރު އީދުގެ މުނާ ސަބަތުގައި ރައީސުލް ޖުމުހޫރިއްޔާގެ ދެ ކަނބަލުންގެ އީދު ސަލާމް ކުރެއްވުން ވިއްސާރަ ވުމުގެ ސަބަބުން ނުބާއްޥާގޮތައް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ
އަންގާރަ ދުވަހުގެ ރޭ ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ފިތުރު އީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައީސްގެ ދެ ކަނބަލުންގެ އީދު ސަލާމް ކުރެއްވުން ނުބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ މުލިއާގޭގައެވެ.
މިއީ ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ފަހުން ފިތުރު އީދު ދުވަހެއްގެ މުނާސަބަތުގައި ސަލާމް ކުރުން ބޭއްވުމަށް ހަމަޖެއްސި ފުރަތަމަ އީދެވެ.
އީދު ސަލާމް ކުރެއްވުމަކީ އެއިރެއްގައި ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ގަވާއިދުން ކުރައްވަމުންދާ ޒަމާންވީ ކަމެކެވެ.