Advertisement
ކ. މާލެ
|
3 ޖޫން 2019 | ހޯމަ 15:17
ރޫޅާލާފައިވާ ގެ
ރޫޅާލާފައިވާ ގެ
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
ގެއެއް ރޫޅާލުން
ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
ރޫޅާލާފައިވަނީ ފުލުހުންގެ އެހީގައި އެރަށު ކައުންސިލުން
ރޫޅާލާފައިވަނީ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ހަށިވިއްކުމުގެ އިތުރުން ރޯދަމަހު ދުވާލު ކެއުމުން
އެގެއަކީ ކައުންސިލުގެ ހުއްދައާއި ނުލައި ބިނާކޮށްފައިވާ ގެއެއް

ލ. ފޮނަދޫ ބަންޑާރަ ބިމެއްގައި ހުރި ގެއެއްގައި، ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން ރޯދަ މަހު ދުވާލު ކައިބޮއި އުޅުނު ކަމުގެ މައްސަލައެއް ފެންމަތިވެ، އެ ގެ ރޫޅާލައިފިއެވެ.

މި ގެ ރޫޅާލާފައިވަނީ ފުލުހުންގެ އެހީގައި އެރަށު ކައުންސިލުންނެވެ. އެގޮތުން، ފުލުހުން ވަނީ އެތަން ރޫޅުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު އެތަނުގެ ސެކިއުރިޓީ ބަލަހައްޓައިދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެގޭގައި އެފަދަ ދީނާއި ހިލާފު ކަންކަން ކުރަމުންދާކަމުގެ މައުލޫމާތު އެރަށު މީހުން ވަނީ ފުލުހުންނަށާއި އެރަށު ކައުންސިލަށް ވެސް ހުށަހަޅާފައެވެ.

Advertisement

އެ ރަށުގެ ކުރިމަގު އަވަށުގެ ވަލުތެރޭގައި ބިނާކޮށްފައިވާ މި ގެއަކީ ކައުންސިލުގެ ހުއްދައާއި ނުލައި ބިނާކޮށްފައިވާ ގެއެއް ކަމަށް ފޮނަދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް