Advertisement
ކ. މާލެ
|
3 ޖޫން 2019 | ހޯމަ 12:31
މަސްވެރިންތަކެއް މަސް ބާނަނީ: ތާޒާކޮށް މަސް ރައްކާ ނުކުރެވި އުކާލަން ޖެހުމަކީ މަސްވެރިންގެ ޝަކުވާއެއް
މަސްވެރިންތަކެއް މަސް ބާނަނީ: ތާޒާކޮށް މަސް ރައްކާ ނުކުރެވި އުކާލަން ޖެހުމަކީ މަސްވެރިންގެ ޝަކުވާއެއް
ފިޝަރީސް މިނިސްޓްރީ
އިންޑިއާ ސަރުކާރުގެ ހިލޭ އެހީ
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގައި އައިސް ޕްލާންޓް އަޅަނީ
ބަހައްޓަނީ 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް
ބަހައްޓާ ދެ ރަށް ވަރަށް އަވަހަށް އިއުލާން ކުރާނެ

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ލިބިފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން، ދެ ރަށެއްގައި އައިސް ޕްލާންޓް އަޅަން ނިންމައިފިއެވެ.

Advertisement

އައިސް ޕްލާންޓް އެޅުމުގެ މަޝްރޫއުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް ބަހައްޓަން ނިންމާފައިވަނީ މަސްވެރިން ގިނަ ދެ ރަށެއްގައެވެ. ވަރަށް އަވަސް ތާރީހެއްގައި އެއީ ކޮން ދެ ރަށެއްކަން އިއުލާން ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލާމާތު ދީފައިވެއެވެ.

ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިސް ޕްލާންޓްތައް ބެހެއްޓުމުގެ ސަބަބުން އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީންކުރެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ހިލޭ އެހީއަކީ އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން، އެ ގައުމުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް މާޗް މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދޭން އެއްބަސްވެވުނު އެހީއެކެވެ. މި އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ހިންގާނީ ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ޖޫން 2019 | އަންގާރަ 17:32
ގ
އިނޑިޔާއިން އައިސްޕްލާނޓްގަނޑެއް ދިނުމަކީ ހައިރާންވާން ޖެހޭކަމެއްނޫން. ގައުމު ހިލޭސާބަހަށް އެމީހުންގެ މިލިޓަރީ ކަންކަމަށް ދީ އަޅުވެތިވެފަ އޮތީ