Advertisement
ކ. މާލެ
|
3 ޖޫން 2019 | ހޯމަ 11:22
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ފޮރިން މިނިސްޓްރީ
އައްޑޫ ސިޓީގައި ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް އިންޑިއާއިން ހަ މިލިއަން ރުފިޔާ
ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވެސް އިންޑިއާއިން އެހީ ދިން
އުކުޅަހުގައިގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް ވެސް ވަނީ އެހީވެ ދީފައި

އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 6,014,971.00ރ.(ހަ މިލިއަން ސާދަ ހާސް ނުވަސަތޭކަ ހަތްދިހަ އެއް ރުފިޔާ)ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން އައްޑޫ ސިޓީގައި ރިހަބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ހަ މިލިއަން ރުފިޔާ ކަނޑައެޅީ އެގައުމުގެ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސެންޓަރެއް އަޅާނެ ކަމަށާއި އެސިޓީގައި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ޚިދުމަތް ދޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ރިހަބިލިޓޭޝަން ސެންޓަރަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސެންޓަރު ހިންގުމަށްޓަކައި އެ ތަނުގައި މަސައްކަތް ކުރާ ކައުންސެލަރުންނާއި ސޯޝަލް ވަރކަރުންނާޢި އެހެނިހެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަގުފަހިކޮށްދޭނެ ކަމަށެވެ.

Advertisement

އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.

އިންޑިއާއިން ދިން 106 މިލިއަން ރުފިޔާގެ އެހީގެ ތެރެއިން އއ. ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑަައެޅިއެވެ. އަދި އެއަތޮޅު އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އެޅުމަށް ހަތް މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް