Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 01:15
ކިންގް ސަލްމާން މިސްކިއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ކިންގް ސަލްމާން މިސްކިއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ޓްވިޓަރ
ސައުދީ
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
މިސްކިތް އެޅުމަށް ޓާމެކްސް ކުންފުންޏާ ހަވާލުކުރީ 500 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށް

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އުތުރު ފަރާތު ސަރަހައްދުގައި އިމާރާތްކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް އަންނަ އަހަރުގެ އޮގަސްޓްމަހު ނިންމާލެވޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި ބޭރުގައި ނަމާދު ކުރެވޭ ގޮތަށް މާބުލް ޖެހުމުން ޖުމްލަ 10،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކިންގް ސަލްމާން މިސްކިތް އެޅުމަށް ޓާމެކްސް ކުންފުންޏާ ހަވާލުކުރީ 500 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް